އެމްޑީޕީން ދައްކާ މަންޒަރާއި އަޑު ދިމައެއް ނުވޭ: ސައީދު

16 Jul 2019 | 21:10

އެމްޑީޕީން ދައްކާ މަންޒަރާއި އަޑު ދިމާ ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު، އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޗެނަލް13ގެ ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، އެމްޑީޕީ އަކީ މާ ޑިމޮކްރެޓިކް ޕާޓީއެއް ކަމަށް ދައްކަން މަސައްކަތް ކުރާ ކަމަށެވެ. އެހެން ނަމަވެސް، އެޕާޓީން ކުރާ ކަމަކަށް އެހެން މީހަކު ހިޔާލެއް ފާޅުކޮށްފިނަމަ އެމީހަކީ ވަރަށް ގޯސް މީހަކަށް ވާ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

" އަބަދުވެސް އެބޭފުޅުންގެ ޑިކްޝަނަރީގައި ޑިމޮކްރަސީގެ މާނަ އަކީ އެބޭފުޅުން ބޭނުންވާ ގޮތް. ދެން ހުންނާނީ ހުސް ގޯސް ކަންތައް" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އެމްޑީޕީން ދެމި ވައުދުގެ ބެނާތަކުގައި ނެތް ވައުދެއް ނެތް ކަމަށާއއި، އެޕާޓީން ވެރިކަމަށް އައީ ވައުދުގެ ބޮޑު ފޮތެއް ހިފައިގެން ކަމަށެވެ. އެހެންނަމަވެސް ފާއިތުވެގެން މިދިޔަ ދުވަސްތަކުގައި ރައްޔިތުންނަށް ކޮށްދެވުނު މާ ބޮޑު ކަމެއް ފެންނަން ނެތް ކަމަށް މާވަށު ދާއިރާގެ މެމްބަރު ވަނީ ފާހަގަ ކުރައްވާފައެވެ. 

Advertisement

ކޮމެންޓް