ބަންގްލަދޭޝްގެ ކުޅުންތެރިޔާ ބަލިކޮށް އީޝަލް މޮޅު ހޯދައިފި

Share on facebook
Share on twitter
Share on telegram
Share on whatsapp

ބަހުރެއިންގައި މިހާރު ކުރިއަށްދާ އޭޝިއަން ޔޫތު ޕެރަ ގޭމްސްގެ ބެޑްމިންޓަން އިވެންޓަކުން ފުރަތަމަ މޮޅު ހޯދި ދިވެހި ކުޅުންތެރިޔާގެ ޝަރަފު ހައްވާ އީޝަލް ރިޔާޒް ހޯދައިފިއެވެ.

އޭޝިއަން ޕެރަ ގޭމްސްގެ ހަތަރު ވަނަ ގޭމް މިމަހުގެ ދެވަނަ ދުވަހު ފެށި އިރު މި ގޭމްސްގައި 23 އަހަރުން ދަށުގެ 800އަށްވުރެ ގިނަ އެތުލީޓުން ވަނީ ބައިވެރިވެފައެވެ.

ބަހްރޭނުގައި މިހާރު ކުރިއަށްދާ ޕެރަ ގޭމްސްގައި ބެޑްމިންޓަން މެޗުން ރާއްޖެ ވާދަކުރި މެޗުން އެ ފުރުސަތު އީޝަލަށް ދިންއިރު، އޭނާ މި މޮޅު ހޯދީ ޕެރަ ބެޑްމިންޓަންގެ އަންހެން ސިންގަލްސް އިވެންޓުގައި އާދީއްތަ ދުވަހު ކުޅުނު މެޗުން ބަންގްލަދޭޝްގެ ޝޯބީ މޮޒުމްބަރާ ވާދަކޮށް ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ.

މިވެސް ކިޔާލާ:

މި މެޗުގެ ސެޓުތައް އީޝަލް ކާމިޔާބުކުރީ 21-18 އަދި 21-13 އިންނެވެ. މިމޮޅާއެކު އީޝަލް ވަނީ ބައިނަލްއަގުވާމީ ޕެރަ އިވެންޓެއްގައި ރާއްޖެއަށް ފުރަތަމަ މޮޅު ހޯދައިދިން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މިފުރުސަތަކީ މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އާއި ބެޑްމިންޓަން އެސޯސިއޭޝަން  ގުޅިގެން ކުރާ މަސައްކަތުގެ ތެރެއިން ހޯދި ފުރުސަތެކެވެ.

ތާޖުއްދީން ސްކޫލުގައި ތައުލީމު ހާސިލުކުރަމުން އަންނަ އީޝަލްއަކީ ދެ އަހަރު ވަންދެން މީގެ ކުރިން ހޭންޑްބޯޅަވެސް ކުޅުނު ކުޅުންތެރިއެކެވެ.

100%0%0%

ހިޔާލު ދެއްވާ!

Your email address will not be published.