ހަކުރު ކިލޯއެއް 16 ރުފިޔާއަށް ގަތް ރައީސް 2023 ގެ ކުރިން ފިލައިފާނެ: ހީނާ

Share on facebook
Share on twitter
Share on telegram
Share on whatsapp

2023 ވަނަ އަހަރުގެ ކުރިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފިއްލަވައިފާނެކަމަށް ވިދާޅުވެ, އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޕޯކްސްޕާރސަން ހީނާ ވަލީދު މިއަދު ބުނެފިއެެވެެ.

ހީނާ މިހެން ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މޭސްތިރިކަމަށްވާ ކުރީގެ ނައިބު ރައީސް މީގެ ކުރިން ފިއްލަވައިފައިވުމަކީ, ރައީސް ޔާމިން ޢަބްދުލްޤައްޔޫމު ފިއްލަވައިފާނެކަމަށް ބެލެވޭ ހުއްޖަތެއްކަމަށް, ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ ރައީސް ޔާމިންގެ ޝަރީޢަތުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ވިދާޅުވުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ހީނާ ބުނީ 2023 ވަނަ އަހަރުގެ ކުރިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފިއްލަވައިފާނެކަމަށް ވެސް ބެލެވޭ ކަމަށެވެ.

މިވެސް ކިޔާލާ:

ހަމައެހެންމެ އެހާވަރަށް ރައްޔިތުންގެ ފައިސާއިން ވައްކަން ކުރައްވައިފި ކަމަށާއި, އެ މަނިކުފާނު ވަނީ 16 ރުފިޔާއަށް ހަކުރު ކިލޯއެއް ވެސް ބައްލަވައިގެންފައި ކަމަށެވެ. އޭގެ އިތުރުން ރައީސް ޞާލިޙަކީ "ރައްޔިތުންގެ ނޭވާ ހޮޅިން ވައްކަންކުރި" ބޭފުޅެއްކަމަށް ވެސް ހީނާ ވަނީ ބުނެފައެވެެ.

ކޮވިޑާއި ގުޅިގެން ބައެއް ރިސޯޓުތަކުގައި ޤާއިމުކުރެވުނު ކަރަންޓީނު ފެސިލިޓީތަކުގައި ތިބި ފަރާތްތަކަށާއި, މާލެ ސަރަހައްދުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ކެއިންބުއިމުގެ ކަންތައްތައް ހަމަޖެއްސުމަށްޓަކައި ކޮންޓްރޯލްކުރެވިފައިވާ އަގަށްވުރެ މަތީ އަގަކަށް ބައެއް ތަކެތި ދަޢުލަތުން ގަނެފައިވާކަން ހާމަވީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރު 15 ވަނަ ދުވަހު އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އެންޑީއެމްއޭގެ ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން ދަޢުލަތުން ވަނީ ހަކުރު ކިލޯއެއް 5:30 ރުފިޔާ އަށާއި, 6 ރުފިޔާ އަށާއި, 8 ރުފިޔާ އަށާއި, 8:48 ރުފިޔާގެ އިތުރުން 16 ރުފިޔާއަށް ވެސް ގަނެފައެވެ.

ސަރުކާރުން އޭރު ކަނޑައަޅާފައިވާ އަގުތަކަށްބަލާއިރު ހަކުރު ކިލޯއެއް ވިއްކޭނީ 4.82 ރުފިޔާއަށެވެ.

27%45%27%

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published.