Advertisement

އެމްޕީއެލްއިން މުދާ ބޭރު ކުރާ ގަޑިތަަކަށް ބަދަލު ގެނެސްފި

17 Jul 2019 | 13:10

އެމްޕީއެލް ބަނދަރު ސަރަހައްދުން މުދާ ބޭރުކޮށްގެން އެއްގަމު އުޅަނދުތަކުގައި މަގުމައްޗަށް ނިކުންނަ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

އެކުންފުނިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން މާލޭގެ މަގުތަކުގައި މުދާ އުފުލާ ވަގުތުތަކަށް ބަދަލު ގެނައުމުން ބަނދަރުން މުދާ ބޭރު ކުރާ ވަގުތުތަކަށް އެމްޕީއެލްއިންވެސް ބަދަލު ގެނެސްފައިވާ ކަމަށެވެ. 

އެހެންކަމުން މިއަދުން ފެށިގެން ކަނޑުމަގުން މުދާ ބޭރުކުރެވޭ މުދަލުގެ ޑެލިވަރީ އޯޑަރު ނޯޓުކުރާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ރޭގަނޑު 10:30 އަށް ކަމަށް އެމްޕީއެލް އިން ބުނެ އެވެ.

މީގެއިތުރުން އެއްގަމުން ބޭރުކުރާ ކުރާ މުދަލުގެ ކޮންޓައިނަރައިޒް އާއި ޖެނެރަލް ކާގޯ އަދި ޕެރިޝަބަލް ކާގޯގެ ޑެލިވަރީ އޯޑަރު ނޯޓުކުރާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 11:15 އަށާއި މެންދުރު ފަހު 1:00 އިން 2:00 އަށެވެ.

 އަދި ހަވީރު 4:00 އިން ރޭގަނޑު 7:00 އަށާއި ރޭގަނޑު 8:00 އިން 10:00 އަށާއި ރޭގަނޑު 11:30 އިން މެންދަމު 12:00 އަށް ކަމަށްވެސް އެމްޕީއެލްގެ އިއުލާންގައިވެ އެވެ. 

Advertisement

ކޮމެންޓް

Advertisement