ނުކުޅެދޭފަރާތްތަކުގެ އިނާޔަތް ބޮޑުކުރާ ބިލް މަޖިލީހުން ބޭރުކޮށްފި

17 Jul 2019 | 16:48

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ 2000 ރުފިޔާގެ އިނާޔަތް 5000 އާއި 7000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ބޮޑު ކުރަން މަޖިލީހަށް ހުށަހެޅި އިސްލާހުގެ ބިލް މަޖިލީހުން ބޭރުކޮށްފިއެވެ.

މިއިސްލާހު ހުށަހަޅާފައިވަނީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއެވެ.

މިއަދުގެ ޖަލްސާގައި މި އިސްލާހު ބަލައިގަންނަން ފެނޭތޯ ވޯޓަށް އެއްސެވުމުން، ޖަލްސާގައި ތިއްބެވި 76 މެނެބަރުންގެ ތެެރެއިން ބިލް ބަލައި ގަންނަން ވޯޓު ދެއްވީ އެންމެ 12 މެންބަރުންނެވެ. ބިލް މަޖިލީހުން ބޭރުކޮށްލާފައިވަނީ ބިލް ބަލައިގަންނަން ނުފެންނަ ކަމަށް 57 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ނާޒިމް ހުށައެޅި މި އިސްލާހުގައި ވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ގިންތި ކުރެވިފައިވާ ޚާއްސަ ދަފްތަރެއް އެކުލަވާލަންޖެހޭ ކަމަށެވެ. އަދި މީހެއްގެ ހުންނަ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން ދިގު މުއްދަތަކަށް އެނދުމަތި ކުރެވިފައިވާ މީހުންނަށް މަދުވެގެން 9000 ރުފިޔާގެ އެލަވަންސެއް ދޭން ވާނެ ކަމަށް އެ އިސްލާހުގައިވެ އެވެ.

Advertisement

ކޮމެންޓް