Advertisement

އައްޑޫ ފްލައިން ސްކޫލް ބަންދުކުރުމަށް ނިންމައިފި

17 Jul 2019 | 18:50

އައްޑުއަތޮޅު ގަމުގައި ހިންގަމުންދާ އައްޑޫ ފްލައިންގް ސްކޫލް ބަންދުކުރުމަށް ނިންމައިފިއެވެ.

މިތަން އަންނަ އަހަރުގެ ޖުލައިމަހުގައި ބަންދުކުރުމަށް ނިންމާފައިވާކަން އެ ސްކޫލް ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ މީޑިޔާއެއްކަމުގައިވާ "މިހާރު"އަށް މައުލޫމާތު ދެއްވަމުން އެތަނުގެ ސީއީއޯ ސޫރަންޖަން ޑިސިލްވާ ވިދާޅުވީ އައްޑޫ ފްލައިންްގް ސްކޫލް ހިންގުމަށް އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓު ކޮމްޕެނީއާއި އެކު ހަދާފައިވާ އެއްބަސްވުން މިމަހަށް ހަމަވާނެކަމަށެވެ. 

ނަމަވެސް އެ އެއްބަސްވުން އާ ކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވީ، އެތަނުގެ ކުލީގެ ގޮތުގައި މާބޮޑު އަގެއް ކިޔުމުންކަމަށް ސޫރަންޖަން ވިދާޅުވިއެވެ. އަދި އެތަނުގެ އެއްބަސްވުން އާ ނުކުރި ނަމަވެސް، އެ ސްކޫލް ހިންގަން ފުރުސަތު ދިނީ ކޯހުގައި ތިބި ދަރިވަރުންގެ ކިޔެވުން ނިންމުމުގެ ގޮތުންކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އައްޑޫ ފްލައިންގް ސްކޫލަކީ ގިނަ އަދަދެއްގެ ދިވެހި ކުދިންނާއި ބޭރުގެ ކުދިން ތައުލީމް ހާސިލްކުރަމުންދާ ތަނެކެވެ. އެތަނުގެ ބައެއް ކުރީގެ ދަރިވަރުންދަނީ ރާއްޖޭގައި މިހާރު ވަޒީފާވެސް އަދާކުރަމުންނެވެ.

Advertisement

ކޮމެންޓް