ލުކާކޫ ގޮވައިގެން ޔުނައިޓެޑަށް ދުވަހަކުވެސް ލީގެއް ނުލިބޭނެ: ސޯކްލްސް

18 Oct 2018 | 09:20

މެންޗެސްޓަރ ޔުނައިޓެޑުގެ ފޯވާޑް ލުކާކޫ ގޮވައިގެން ދުވަހަކުވެސް އެޓީމަށް ލީގެއް ނުލިބޭނެ ކަމަށް ޔުނައިޓެޑުގެ ކުރީގެ މިޑްފީލްޑް ލެޖެންޑް ޕޯލް ސޯކްލްސް ބުނެފިއެވެ.

2017 ވަނަ އަހަރު 75 މިލިއަން ޕައުންޑަށް ޔުނައިޓެޑާއި ގުޅުނު ބެލްޖިއަމަށް ނިސްބަތްވާ ވަރުގަދަ ފޯވަޑާއި ބެހޭގޮތުން ވާހަކަ ދައްކަމުން ސޯކްލްސް އިތުރަށް ބުނެފައިވަނީ މޮޅު ފޯވަޑެއްގެ ހުންނަންޖެހޭ ސިފަތަކެއް ލުކާކޫގެ ނެތް ކަމަށެވެ.

ޕެނަލްޓީ އޭރިއާއިން ބޭރުގައި ލުކާކޫއަށް އެދެވޭ މޮޅު ކުޅުމެއް ނުދެއްކޭ ކަމަށާއި އޭނާ ދަނޑުމަތީގައި މަސައްކަތް ކުރަން ޖެހޭ ވަރަށް ނުކުރާކަމުގެ ތުހުމަތު ސޯކްލްސްވަނީ ކޮށްފައެވެ.

ލުކާކޫއަށް މިވަގުތު ދީމާވެފަ އޮތް އެންމެ ބޮޑު މައްސަލައަކީ ޔުނައިޓެޑުގައި ސެންޓާ ފޯވަޑަށް ކުޅޭ އިތުރު ކުޅުންތެރިޔެއް ނެތުން ކަމަށްވެސް ޔުނައިޓެޑާއެކު ކާމިޔާބު އަހަރުތަކެއް ހޭދަކުރި ސޯކްލްސް އިތުރަށް ބުނެފައިވެއެވެ.

މިހާރަކަށް އައިސް ސޯކްލްސް ފާހަގަ ކުރެވެނީ މޮރީނިއޯގެ ބެލުމުގެ ދަށުން ޔުނައިޓެޑް ދައްކަމުން ދާ ކުޅުމަށް ވަރަށް ބޮޑަށް ފާޑު ކިޔާ މީހެއްގެ ގޮތުގައެވެ. 

Advertisement

ކޮމެންޓް