Advertisement

ފަރެސްމާާތޮޑާއާއި އެއާޕޯޓު ކޯޒްވޭ އަކުން ގުޅުވާލަނީ

17 Jul 2019 | 15:53

ގދ.ފަރެސްމާާތޮޑާއާއި އެރަށު ފަޅުތެރޭގައި އަޅާ އެއާޕޯޓު ކޯޒްވޭ އަކުން ގުޅާލުމަށް ނިންމައިފިއެވެ.

ޕްލޭނިންގް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގަައި ބުނެފައިވަނީ ގދ. ފަރެސްމާތޮޑާ އަދި ފަރެސްމާތޮޑާ އެއާޕޯޓު ކޯޒްވޭ އަކުން ގުޅުވާލުމުގެ މަޝްރޫއުގެ އެންވާރަމަންޓް އިމްޕެކްޓް އެސެސްމަންޓަށް ބޭނުންވާ އެންވާރަމަންޓަލް ކޮންސަލްޓަންސީ އާއި ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

ފަރެސްމާތޮޑާގެ ފަޅުން ބައެއް ހިއްކައިގެން ހަދާ އެއާޕޯޓުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިންމައި ބޭނުންކުރަން ވަނީ އަމާޒުކޮށްފައެވެ.

އެ އެއާޕޯޓާއި ރަށާ ގުޅުވާލުމަށް ކޯޒްވޭއެއް ހެދުމަށް މި އަހަރުގެ ބަޖެޓުގައި 2.3 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ފަރެސްމާތޮޑާ-ފަރެސްމާތޮޑާ އެއާޕޯޓު ކޯޒްވޭ މަސައްކަތާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް މާދަމާ ހެނދުނު 10:00 ގައި އެ މިނިސްޓްރީގައި އޮންނާނެއެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 11:00 ގައެވެ.

Advertisement

ކޮމެންޓް