ފިއްލެވިކަމަށް އަޑު ފެތުރިފައި ވަނިކޮށް މެޑަމް ފާތުން ރާއްޖެ ވަޑައިގެންފި

18 Oct 2018 | 10:04

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ސައުދީ އަރަބިއްޔާ އަށް ކުރެއްވި ނުރަސްމީ ދަތުރު ނިންމާލުމަށްފަހު މިއަދު ހެނދުނު ރާއްޖެ އަށް ވަޑައިގެންފި އެވެ.

އެކަމަނާ ރާއްޖެ ވަޑައިގަތުމުން އެކަމާއަށް މަރުހަބާ ދެންނެވުމަށް ފިރިކަލުން ރައީސް ޔާމިން ވަނީ އެއާރޕޯޓަށް ވަޑައިގެންފައެވެ.

އަދި އެކަމަނާގެ އިސްތިގްބާލް ގައި ގިނަ އަދަދެއްގެ ޕީޕީއެމް ސަޕޯޓަރުންނާއި ސަރުކާރުގެ އިސްވެރންނާއި ކުންފުނި ތަކުގ އިސްބޭފުޅުނާއި ޕީޕީއެމް އަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންން އިއްޒުއްދީން ފާލަން ދޮށަށް އެއްވެ ތިއްބެވެ.

ހަބަރުލިބޭ ގޮތތުގައި މެޑަމް ފާތުން ވަޑައިގެންނެވީ އުމްރާގެ އަޅުކަން ކުރެއްވުމަށެވެ.

ރިޔާސީ އިންތިހާބްގައި ރައީސް ޔާމިން އަށް ލިބުނު ނާކާމިޔާބީއަށްފަހު ކުއްލި ގޮތަަކަށް އަނބިކަނބަލުން ފުރާ ވަޑައިގަތުމުން އިދިކޮޅު ފަރާތްތަކުގެ ގިނަ ތުހުމަތު ތަކެއް އެކަމަނާއަށް ވަނީކޮށްފައެވެ.

އިދިކޮޅު ފަރާތްތަކުން އޭރު ބުނަމުންއައީ ރައީސް އަނބިކަނބަލުން ފިއްލެވީކަމަށެވެ.

Advertisement

ކޮމެންޓް

Advertisement