ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

18 Jul 2019 | 20:47

ހުޅުލެއާއި ހުޅުމާލެ ގުޅުވާލަދޭ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު 6:45ހާއިރުގައެވެ. މި ހާދިސާގައި ހަތަރު މީހަކަށް އަނިޔާވިކަމަށް މައުލޫމާތުދެއެވެ.

އޭގެ ތެރެއިން ދެމީހަކު ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން މައުލޫމާތު ދޭގޮތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވިފައިވަނީ އުމުރުން 21އަަހަރުގެ އަންހެނަކާއި 20 އަހަރުގެ ފިރިހެނެކެވެ.

އެގޮތުން 21 އަހަރުގެ އަންހެންމީހާގެ ދެ އަތާއި ފަޔަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. އަދި 20 އަހަރުގެ ފިރިހެންމީހާގެ އަތާއި ފައި މަށައިގެން ދިޔައިރު، އޭނާގެ ތުންފަތް ފަޅައިގެން ގޮސް، ބުމައަށް ގެއްލުންލިބި ދެ ދަތްވެސް ބިންދައިގެން ގޮސްފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މި އެކްސިޑެންޓްގައި އަނިޔާވި މީހަކު ވަނީ އޭޑީކޭ ހޮސްޕިޓަލަށްވެސް ގެންގޮސްފައެވެ. 

Advertisement

ކޮމެންޓް