Advertisement

ޓްރާންސިޝަން ކޮމެޓީ: އިސްލާމިކް ޔުނިވާސިޓީގެ އަށް

18 Oct 2018 | 12:40

އިންތިހާބީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ ޓްރާންސިޝަން ކޮމެޓީގެ އިސްވެރިން ކަމަށްވާ ޑރ. މުހައްމަދު މުސްތަފާ ލުތުފީ އަދި އިބްރާހިމް އިސްމާއިލް (އިބްރާ)، އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ އަދި ނިމިދިޔަ އިންތިހާބްގައި ރައީސް ޔާމީންގެ ރަނިންމޭޓްްކަމަށްވާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިތުރުން އިސްލާމިކް ޔުނިވާސިޓީގެ އިސްވެރިން ބައްދަލުކުރައްވައިފި އެވެ.

މީގެއިތުރުން ޔުނިވާސިޓީފަރާތުން ވަނީ ޔުނިވާސިޓީގެ ތަސައްވަރާއި ކިޔަވައިދެމުންގެންދާ ކޯސްތަކާއި އަދި ޕްރޮޖެކްޓްތަކުގެ އިތުުރުން އެ ޔުނިވާސިޓީއަށް ހާސިލްކުރެވިފައިވާ ކަންތައްތަކާ ބެހޭ ގޮތުން ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅައިދީފަ އެވެ.

ޓްރާންސިޝަން ކޮމެޓީއަކީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެރިކަން ބަދަލުކުރުމުގެ މަސައްކަތް އޮމާންކަމާ އެކީ ކުރިއަށް ގެންދިއުމުގެ ގޮތުން އުފައްދަވާފައިވާ ކޮމެޓީއެކެވެ.

ޝަހީމް ވަނީ ވެރިކަން ބަދަލުުވުމުގެ މަރުހަލާގެ ކަންކަން އަމާންއޮމާންކޮން ކުރިއަށް ގެންދެވުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ޓްރާންސިޝަން ކޮމެޓީއަށް އަރުވާފަ އެވެ.

Advertisement

ކޮމެންޓް