ހާޖީންތައް ސައުދީއަަށް ދަތުރު ފަށައިފި

21 Jul 2019 | 12:51

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިވެހިރާއްޖޭގެ ހައްޖާޖީންތައް ސައުދީ އަރަބިއްޔާއަށް ފުރަން ފަށައިިފިއެވެ.

އެގޮތުން މިއަދު ހެނދުނު ވަނީ ރާއްޖޭން ސައުދީއަށް ދަތުރުކުރާ ފުރަތަމަ ހައްޖާޖީންގެ ގްރޫޕް ފުރާފައެވެ. އެއީ ޒައީ ހައްޖު އެންްޑް އުމްރާ ގްރޫޕެވެ. އެ ގްރޫޕްގެ ހަވާލުގައި މިފަހަރު 84 ފަރާތެއް ދާނެއެވެ.

މި ފަރާތްތައް މިއަދު ހެނދުނު ފުރިއިރު، އެފަރާތްތަކަށް ރާއްޖޭން އަލްވަދާއު ކިޔުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެއާޕޯޓަށް ވަޑައިގެން ހުންނެވިއެވެ.

ދިވެހިރާއްޖޭގެ ހަ ކުންފުންޏަކުން މިފަހަރު މީހުން ހައްޖަށް ދާނެއެވެ.

Advertisement

ކޮމެންޓް