Advertisement

ޚިޔާާނާތުގެ މައްސަލައިގައި ހިމެނޭ ރަށްތަކާއި ގުޅިގެން އަލީ ވަހީދާއި ސުވާލުކުރުމަށް ހުށައަޅައިފި

22 Jul 2019 | 12:06

އެމްްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން ސަރުކާރަށް ގެއްލުން ލިބޭގޮތަށް ދޫކޮށްފައިވާ ފަޅުރަށްތަކާއި، ފަޅުތަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ސުވާލުކުރުމަށް ހުށަހަޅައިފިއެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ޚިޔާނާތްކަމަށެވެ.

އެހެންކަމުން އެ ޚިޔާނާތުގެ ތެރެއިން ދައުލަތަށް އެތައް މިލިއަން ޑޮލަރެއް ގެއްލިގެންދާގޮތަށް އެކި ފަރާތްތަކަށް ދީފައިވާ ރަށްތަކާއި، ފަޅުތައް، ސަރުކާރަށް ނަންގަވާނެކަމުގެ ވައުދަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް ވައުދުކަމަށެވެ.

އެހެންކަމުން އެމްްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން ސަރުކާރަށް ގެއްލުން ލިބޭގޮތަށް ދޫކޮށްފައިވާ ފަޅުރަށްތަކާއި، ފަޅުތައް ސަރުކާރަށް ނެގުމަށްޓަކައި އެއްވެސް މަސައްކަތެއް ސަރުކާރުންކޮށްފައިވޭތޯ ސުވާލުކުރުމަށް ޖާބިރުގެ ހުށަހެޅުމުގައި ވެއެވެ. އަދި އެކަން ތަންފީޒު ނުކުރެވޭނަމަ ލަސްވަނީ ކީއްވެގެންތޯ އާއި މިހާތަނަށް އެޅުއްވި ފިޔަވަޅަކީ ކޮބައިތޯ ސާފުކުރުމަށް ޖާބިރު ހުށަހަޅުއްވާފައި ވެއެވެ.

ޖާބިރުގެ ސިޓީގައި ވަނީ މި ސުވާލުތަކަށް ޖަވާބުދާރީވުމަށް، ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށް ނޯޓިސް ފޮނުވައި ދިނުމަށާއި އަދި އެމައްސަލަ އެޖެންޑާކޮށްދެއްވުމަށް މަޖިލީހުގެ ރައީސަށް ޖާބިރު ފޮނުއްވި ލިޔުމުގައި ވެއެވެ.

Advertisement

ކޮމެންޓް

Advertisement