Advertisement

ދިވެހި ހައްޖާޖީންނަށް އެހީވުމަށް ރާއްޖޭގެ އެމްބަސީ އޮތީ ތައްޔާރަށް!

22 Jul 2019 | 13:18

މިއަހަރުގެ ހައްޖު މޫސުމުގައި ސައުދީ އަރަބިއްޔާއަށް ހައްޖުވުމަށް ދަތުރުކުރާ ދިވެހިންނަށް އެހީވުމަށްޓަކައި ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީން ގިނަ މަސައްކަތްތަކެއް ފަށައިފިއެވެ.

އެގޮތުން އެ އެމްބަސީންވަނީ އެހެނިހެން އަހަރުތަކާއި އެއްފަދައިން އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން ދިވެހި ހައްޖު މިޝަންގެ އޮފީހެއް ޖިއްދާގައި ގާއިމްކޮށް، ދިވެހި ހައްޖާޖީންނަށް އެއާޕޯޓުން މަރުހަބާ ކިޔުމުގެ މަސައްކަތް ކުރަމުންނެވެ.

މި ހައްޖު މިޝަންގެ ޓްވިޓަރ އެކައުންޓުން ހައްޖާޖީންގެ ހާލަތާއި ގުޅޭ ވީޑިޔޯތަކާއި މައުލޫމާތުތައް ގެނެސްދެމުން ދާނެއެވެ.

މީގެ އިތުރުން ދިވެހިރާއްޖެއިން ސަޢޫދީޢަރަބިއްޔާއަށް ވަޑައިގަންނަވާ ހާޖީންނަށް އެހީތެރިވުމަށް ޖިއްދާ، މައްކާ އަދި މަދީނާގައި އެމްބަސީގެ ޓީމެއް ހަރަކާތްތެރިވަމުން ދާނެކަމަށް އެފަރާތުން މައުލޫމާތުދެއެވެ.

ދިވެހި ހައްޖުވެރިންނާއި އެފަރާތްތަކުގެ އާއިލާތަކުން އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ 00966506894477 ނަންބަރަށް ގުޅުއްވުމަށް އެމްބަސީގެ ފަރާތުން އެދެއެވެ.

Advertisement

ކޮމެންޓް