Advertisement

ނޮޓް ނެގޯޝިއެބަލް ޗެކްގެ މައްސަލަ ބީއެމްއެލްއަށް ކުރިން ނޭނގޭ!

22 Jul 2019 | 14:42

އެމްއެމްޕީއާރްސީން ފޮނުވި ނޮޓް-ނެގޯޝިއެބަލް ޗެކްތަކެއް ބީއެމްއެލްގެ ފަރާތުން އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ޖަމާކުރިކަން މީގެ ކުރިން ނޭނގޭކަމަށް ބޭންކުން ބުނެފިއެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ރައްޔިތުންގެ މަޖިލީހަށް ދޮގު މައުލޫމާތު ދެއްވި މައްސަލައެއް ފުލުހުންނަށް ހުށައަޅާފައި ވަނިކޮށް ބީއެމްއެލްއިން މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އެބޭފުޅާ ވާހަކަފުޅު ދައްކަވާފައިވަނީ އޭރު ލިބެންހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ނަމަވެސް އެ ކޮމެޓީ ނިމުނުފަހުން އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރި ނޮޓް ނެގޯޝިއެބަލް ޗެކްތަކުގެ ފޮޓޯ ސޯޝަލް މީޑިޔާއިން ބޭންކާއި ޝަރީފަށް ފެނުނުކަމަށް ބީއެމްއެލްގެ ސިޓީގައި ވަނީ ބުނެފައެވެ.

މި ސިޓީ އިއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެބޭފުޅާގެ އަމާޒަކީ މަޖިލީހުގައި މީހުން ތެދުބަހުން ވާހަކަދެއްކުމަށް ބާރުއެޅުންކަމަށާއި މީހަކަށް އުގޫބާތެއް ދިނުމެއް ނޫންކަމަށެވެ.

އެމަނިކުފާާނު އިތުރަށް ވިދާޅުވީ ބީއެމްއެލްގެ އޮފިޝަލް މާލިއްޔަތު ކޮމިޓީގެ މަސައްކަތަށް، މާލިއްޔަތުކޮމިޓީ އެދޭގޮތަށް އެއްބާރުލެއްވުން ދެއްވާނެކަމަށާއ އަދި ތެދުބަހުން ވާހަކަދައްކަވާނެކަން އެބޭފުޅާގެ ސިޓީން ވަރަށްބޮޑަށް ސާފުވާކަަމަށެވެ.

ފޮޓޯ: ދަ ޕްރެސް

Advertisement

ކޮމެންޓް