Advertisement

މަޝްރޫއުތައް ހިންގޭނެހާ ފައިސާ ބަޖެޓުގައި ނެތުމުން ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަނީ

23 Jul 2019 | 12:51

ސަރުކާރުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ތަރައްޤީގެ މަޝްރޫއުތައް ހިންގުމަށް ބަޖެޓް ނެތުމުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ނިންމައިފި އެވެ.

މިކަން ހާމަކުރައްވާފައިވަނީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ނޫސްވެރިންނާއި ބައްދަލުކުރެއްވުމަށްފަހުއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވިގޮތުގައި މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ބައެއް މަޝްރޫއުތަކަށް ހުރީ ހަމައެކަނި އަދަދުތަކެއް ޖަހާލާފަ އެވެ. އެ މަޝްރޫއުތައް ހިންގޭނެހާ ފައިސާ ބަޖެޓުގައި ނެތް ކަމަށާއި އޭގެ ސަބަބުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އުނދަގޫ ވެފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓަރު އަބްދުﷲ އަމީރު ވިދާޅުވިގޮތުގައި ބަޖެޓް ނިމުނުހާއަވަހަކަށް މަޖިލީހަށް ފޮނުވާނެއެވެ.

"އެ ބަޖެޓް އެކުލަވާލައި ނިމުނުހާ އަވަހަކަށް އަޅުގަނޑުމެން އޭގެ ތަފްސީލުތައް ހާމަކުރާނަން. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ހުށަހަޅާނަން،" މިނިސްޓަރު އާމިރު ވިދާޅުވި އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފައި ވަނީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

Advertisement

ކޮމެންޓް

Advertisement