މޮރިޝަސްގައި ކުރިއަށްދާ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގެ ޕެރަލިމްޕިކް ގޭމްސްގައި ދިވެހި ދުވުންތެރިޔަކު ބްރޯންޒް މެޑަލް ހާސިލްކޮށްފިއެވެ.
މިއަދު ހަވީރު އޮތް މި އިވެންޓްގައި ބްރޯންޒް މެޑަލް ގެނައި ދިވެހި ދުވުންތެރިޔަކީ މުހައްމަދު މާާޒިންއެވެ. އޭނާ ދުވެފައިވަނީ ސަތޭކަ މީޓަރުގެ ދުވުމުގައެވެ.
ރޭސްގެ ތެރެއިން ލިބުނު އިންޖަރީއަކާއި ގުޅިގެން މާާޒިންގެ ދުވެލި ލަސްވިކަމުގައިވިޔަސް، އޭނާ ވަނީ ހިތްވަރާއި އެކު ދުވެ ނިންމައި، ބްރޯންޒް މެޑަލް ހާސިލްކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއީ ޕެރަލިމްޕިކް ކުޅިވަރަކުން ދިވެހިރާއްޖެ މެޑަލްއެއް ގެނައި ފުރަތަމަ ފަހަރެވެ.
މާޒިންއަކީ ލޮލަށް ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކުގެ ހައްގުގައި ވަކާލާތުކުރާ އިސް ފަރާތެކެވެ.
ފޮޓޯ: މުހައްމަދު ޝަރުހާން ވަހީދު/ އެމްއޯސީ