ހެލްތް މިނިސްޓަރ ކުރައްވާ މަސައްކަތްފުޅެއް އަޅުގަނޑުމެނަކަށް ނޭނގޭ: ޑރ. ޑީޑީ

23 Jul 2019 | 09:23

ސިއްހީ ދާއިރާ ބޮއްސުންލާފައިވާ އިރު ހެލް މިނިސްޓަރ އަމީން ކުރައްވާ މަސައްކަތެއް ނޭނގޭކަމަށް ވިދާޅުވެ ރައީސް ނަޝީދު ސަރުކާރުގެ ފިޝަރީސް މިނިސްޓަރ އަދި އެމްޑީޕީގެ ހެލްތް ކޮމިޓީގެ މެންބަރ ޑރ ޑީޑީ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޑީޑީ މިހެން ވިދާޅުވެފައިވަނީ މިރޭ ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

"ސިއްހީ ދާއިރާ މިހާ ދަށުދަރަޖައަށް ވެއްޓިގެންދާއިރު ދާއިރުގައި ހެލްތް މިނިސްޓަރ ޕަބްލިކަށް ނިކުމެ އެކަމިކުފާނު ކުރައްވާ މަސައްކަތްޕުޅުގެ މައުލޫމާތެއްވެސް އަޅުގަނޑުމެނަކަށް ނޭނގޭ" ޑީޑީ ވިދާޅުވިއެވެ.

މީގެ އިތުރުން ސިއްހީ ދާއިރާއިން މީހުން ބިނާކުރުމަށް ކުރައްވާ މަސައްކަތެއްވެސް ނޭނގޭކަމަށާއި ޑޮކްޓަރުކަން ކިޔެވުމަށް ސަރުކާރުން މިފަހަރު ލޯން ހަމަ ޖައްސާފައިވަނީ އެންމެ ތިން ފުރުސަތުކަމަށް ވިދާޅުވެފައިވެއެވެ. މިކަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާއި ގުޅިގެން ހެލްތް މިނިސްޓްރީން ހައްލު ހޯދަން ޖެހޭނެކަމަށް ވެސް ޑީޑީ ވިދާޅުވެފައިވެއެވެ.

ޑީޑީ ވަނީ ނަރުހުންގެ މުސާރައިގެ އޮނިގަނޑަށް ހެޔޮ ބަދަލު ގެނެސް އެކަމަށް ހައްލު ހޯދުމަށް މިނިސްޓަރ އަމީން ކުރައްވާ މަސައްކަތެެއްވެސް ނޭނގޭކަމަށް ވިދާޅުވެފައެވެ.

"ނަރުހުންގެ މުސާރައިގެ މައްސަލައަށް ރައީސް ޔާމީން އިހްމާލުވެގެން އެ މައްސަލަ ސަރުކާރަށް ހުށަހަޅާފައިވާކަން އަޅުގަނޑަށް އެނގޭ. އެކަމަކުވެސް ނަރުހުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސް އެކަމަށް ހައްލު ހޯދަ ދޭންވެސް ހެލްތް މިނިސްޓަރު ކުރައްވާ މަސައްކަތެއް އަޅުގަނޑަކަށް ނޭނގޭ" ޑީޑީ ވިދާޅުވިއެވެ.

ޑީޑީ އިތުރަށް ވިދާޅުވިގޮތުގައި މި މައްސަލަ ހައްލު ކުރުމަށް އެމްޑީޕީގެ ހެލްތް ކޮމިޓީއިން ނިކުންނާނެކަމަށާއި ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާވެސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޑީޑީ ވަނީ ހެލްތް މިނިސްޓަރ އަމީން އަދި ކޮމިއުނިކޭޝަން މިނިސްޓަރ މަލީހް އަކީ ޖުމްހޫރީ ޕާޓީގައި ތިއްބެވި ކަމުގައި ވީނަމަވެސް ޑރ ޖަމީލްގެ ބޭފުޅުންކަމަށް ވިދާޅުވެފައެވެ.   

Advertisement

ކޮމެންޓް