ކޮމިޓީ ލައިވް ކުރުމުން އާދަމް ޝަރީފް ފާޑު ވިދާޅުވެއްޖެ

27 Jul 2019 | 15:02

ދައުލަތުގެ މުއައްްސަސާއެއްގެ ނަޒާހަތްތެރިކަމާމެދުގައި ސުވާލު އުފެދޭނެ ފަދަ ކަންކަން ލައިވް ކުރުމަކީ، ރައްޔިތުންގެ މެދުގައި މުއައްސަސާއަކަށް އޮންނަ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް އެެހެން ވިދާޅުވީ، ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ހާޒިރު ކުުރުމުން އެކަން ލައިވްކޮށް ޓީވީން ދެއްކުމުންނެވެ. އާދަމް ޝަރީފް ވަނީ، އެފަދައިން އަމަލު ކުރުމަކީ ނިޒާމްތައް ހަރާބު ކުރުން ކަމުގައި ސިފަކުރައްވާފައެވެ.

އާދަމް ޝަރީފް ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ގެއްލިދާނެފަދަ ކަންކަން ޓީީވީން ވަގުތުން ދެއްކުމަކީ، ސަރުކާރު ބަލިކަށިވަމުންދާކަން ހާމަވާނެ ކަމެއް ކަމަށެވެ.

އޭނާ އެެހެން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އަށް ޕީޖީ ބިޝާމް އިއްޔެ ހާޒިރުކޮށް، ކޮމެޓީގެ މެންބަރުން އަމާޒު ކުރެއްވި ސުވާލުތައް ބޮޑަށް އަމާޒު ކުރެއްވީ ކުރީގެ ސަރުކާރުގެ ދުވަސްވަރު ޕީޖީން ދައުވާކުރި ސަބަބުތަކާ ބެހޭގޮތުންނެވެ.

Advertisement

ކޮމެންޓް