ޑެންގީ ހުން ޖެހިގެން ކުޑަކުއްޖަކު ނިޔާވެއްޖެ

23 Jul 2019 | 14:12

ޑެންގީ ހުން ޖެހިގެން ކުޑަ ކުއްޖަކު ނިޔާ ވެއްޖެއެވެ.

ޑެންގީ ހުންޖެހިގެން ނިޔާވެފައިވަނީ، ހދ.ކުޅުދުއްފުއްޓަށް ނިސްބަތްވާ އުމުރުން ނުވަ އަހަރުގެ ފިރިހެން ކުއްޖެކެވެ.

ހދ.ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ހަދީޖާ އަލީ މީޑިއާށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ޑެންގީ ހުން ޖެހުނު ޕޭޝަންޓު ނިޔާވެފައިވަނީ އިތުރު ފަރުވާއަށް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެެޗަށް ޓްރާންސްފަރ ކުރި ފަހުން ކަމަށެވެ.

ޑެންގީ ހުން އަދި ޗިކުންގުންޔާ ފެތުރުން މިދުވަސްވަރު ވަނީ އިތުރުވެފައި ވީނަމަވެސް ހެލްތް މިނިސްޓްރީން މިކަން ހައްލުކުރުމަށާއި ޢާއްމުން ހޭލުންތެރިކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރާކަމަށް ޢާއްމުން އަންނަނީ ބުނަމުންނެވެ.

އެގޮތުން ރޭ އެމްޑީޕީގެ ހެލްތް ކޮމިޓީގެ މެންބަރ އަދި ރައީސް ނަޝީދު ވެރިކަމުގެ ފިޝަރީސް މިނިސްޓަރ ޑރ. ޑީޑީ ވަނީ ހެލްތް މިނިސްޓްރީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އިހްމާލުވެފައިވާކަމަށް ބުނެ މިނިސްޓަރ އަމީންއާށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު އެކަނިވެސް 330 އަށްވުރެ ގިނަ މީހުންނަށް ޑެންގީ ހުން ވަނީ ޖެހިފައެވެ.

Advertisement

ކޮމެންޓް