ބީއެމްއެލް އިން 6 ލައްކަ ރުފިޔާ ގައުމީ ފުޓްބޯޅަ ޓީމަށް ހަދިޔާ ކޮށްފި

19 Oct 2018 | 23:48

ނިމިގެންދިޔަ މަހު ބޭއްވުނު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހޯދި ފަހުރުވެރި ކާމިޔާބީ ފާހަގަކޮށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 600،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފިއެވެ.

މިފައިސާގެ އިނާމް ބެހިގެންދާނީ ގައުމީ ޓީމުގެ ސްކޮޑްގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައެވެ. މިއީ ނިމިގެންދިޔަ ސާފް ޗެމްޕިއަންޝިޕްގައި ހޯދި ކާމިޔާބީ ފާހަގަކޮށް ދެވުނު ފުރަތަމަ އިނާމެވެ.

ގައުމީ ޓީމާ މި އިނާމް ހަވާލު ކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އެންޑުރޫ ހީލީއެވެ. އަދި ގައުމީ ޓީމުގެ ފަރާތުން ޓޯކަން އާ ހަވާލުވީ ޓީމުގެ ކެޕްޓަން އަކުރަމް އަބުދުލް ގަނީ އެވެ.

ސާފް ޗެމްޕިއަންޝިޕް ކާމިޔާބުވުމުންް ސާފުން ދޭން ހަމަޖެހިފައިވާ 50،000 ޑޮލަރުގެ ފައިސާގެ އިނާމު ކުޅުންތެރިންނަށް ލިބިފައިވާކަން އަދި ސާފެއް ނުވެއެވެ.

ޓީމާއި މި އިނާމް ހަވާލު ކުރެވުނީ ޓީމަށް މަރުހަބާ ކިޔުމުގެ ގޮތުން ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ހަފުލާއެއްގައެވެ. ބީއެމްއެލް އަކީ ސާފް ސުޒުކީ ކަޕްގައި ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ސްޕޮންސާއެވެ.

ފައިސާގެ އިނާމުގެ އިތުރުން ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށް ޓީމުގެ ކޮންމެ މެންބަރަކަށް ހާއްސަ ޓްރެވެލް ކާޑެއްވެސް ވަނީ ހަދިޔާކޮށްފައެވެ.

Advertisement

ކޮމެންޓް