Advertisement

ދަށު ކޯޓުގައި އޮތް މައްސަލައެއް ސުޕްރީމް ކޯޓަށް ގެންދިއުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް: ރައީސް ނަޝީދު

24 Jul 2019 | 08:08

ދަށު ކޯޓުގައި އޮތް މައްސަލައެއް ސުޕްރީމް ކޯޓަށް ނުގެންދެވޭނެ ކަމަށާއި އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެއް ފަނޑިޔާރެއްގެ މަސައްކަތަށް އަނެއް ފަނޑިޔާރަކު ހުރަސް އަޅައިގެން ނުވާނެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނަށް ނަސޭހަތް ދިނުމަށް ޖޭއެސްސީން ނިންމުމާއި ގުޅިގެން އެކަން ފާހަގަކުރައްވައި ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޤާނޫނު އަސާސީ ފާސްކުރިއިރު ޤާނޫނު އަސާސީގައި އޮންނަން ބޭނުންވި ސިފަ ގެއްލިގެންދާ ދިއުމަށް، ޖޭއެސްސީން ކަންބޮޑުވާ ކަމަށެވެ. އަދި ޤާނޫނު އަސާސީގެ އެންމެހާ އުސޫލްތައް އަލުން އަނބުރާ އިޔާދަކުރުމަށް ކުރާ މަސައްކަތް ޖޭއެސްސީން މިހާރު ކުރަމުން އަންނަކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކޮންމެ ރައްޔިތަކަށްވެސް ކުށުގެ ތުހުމަތުން ބަރީއަވުމަށް ތިން ފުރުސަތު އަސާސީ ހައްގުތަކުގެ ތެރެއިން ދީފައިވާކަމަށެވެ. އެއީ ދަށުކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުކަން ނަޝީދު ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް

Advertisement