ވިސާ ހަމަނުޖެހިގެން ނަބާ އާއި ނަބީއަށް ދުނިޔޭގެ މުބާރާތަށް ނުދެވުނު

Share on facebook
Share on twitter
Share on telegram
Share on whatsapp

ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރަން ފުރުސަތު ލިބުނު ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ ދެބެން ކަމަށްވާ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) އަށް ވިސާ ހަމަނުޖެހޭތީ މުބާރާތަށް ނުދެވުނެވެ.

ސްޕޭންގައި އިއްޔެ ފެށުމަށް ހަމަޖައްސާފައިވާ ވޯލްޑް ޗެމްޕިއަންޝިޕް ކުރިއަށްދާނީ ޑިސެމްބަރު 12 އިން 19 އަށެވެ. މިމުބާރާތުގައި ދެބެއިންނަށް ފުރުސަތު ލިބިފައި މިވަނީ  ވޯލްޑް ރޭންކިންގައި އެ ދެ ކުޅުންތެރިންގެ ރޭންކް ރަނގަޅުވުމުންނެވެ. މިއީ މިފަދަ ރާއްޖޭގެ ކުޅުންތެރިންނަށް ވޯލްޑް ޗެމްޕިއަންޝިޕްގައި ލިބުނު މި ފަދަ ފުރަތަމަ ފުރުސަތެވެ.

ރޭންކިންއަށް ބަލާއިރު ނަބާ އާއި ނަބީ މިވަގުތު 117 ވަނައިގައި އޮތް ނަމަވެސް މީގެ ކުރިން އެ ދެ ކުޅުންތެރިން ވަނީ ދުނިޔޭގެ އެންމެ ގަދަ 100ގެ ތެރޭގައި ވެސް ހިމެނިފައެެވެ. މި ދެކުޅުންތެރިންގެ އެންމެ ފާހަގަކޮށްލެވެނީ 2019 ވަަނަ އަހަރު ޕާކިސްތާން މުބާރާތުގެ ޑަބަލްސް ބައިން ހޯދި ރަން މެޑަލެވެ.

މިވެސް ކިޔާލާ:

ސްޕެއިނަށް ދާން ހޯދަން ޖެހޭ ޝެންގެން ވިސާ ހަމަނުޖެހި ފުރުސަތު ގެއްލިފައިވާއިރު، ވިސާ ހަަމަނުޖެހިގެން ނަބާ އާއި ނަބީ އަށް މުބާރާތަށް ނުދެވޭކަން އެންގީ ފުރަން އޮތް ދުވަހުގެ އެއް ދުވަސް ކުރިން ކަމަށް ނަބާ ބުނެފައިވެއެވެ.

 

0%100%0%

ހިޔާލު ދެއްވާ!

Your email address will not be published.