ސިމްބޮލިކް ރެކޯޑްސްގެ އައު އަލްބަމް "މުލަ" ނެެރެފި

Share on facebook
Share on twitter
Share on telegram
Share on whatsapp

ރާއްޖޭގެ ޒުވާނުންގެ މެދުގާ މަޝްހޫރު ރެޕް މިއުޒިކް އުފައްދަމުން އަންނަ ސިމްބޮޮލިކް ރެކޯޑްސްގެ އައު އަލްބަމް "މުލަ" ނެެރެެފިއެވެ.

ގިނަ ދުވަސްތަކަކަށް ފަހު މުލަ ނަމަަކަށް ކިޔާ މި އަލްބަމްް ނެރެެފައިވާއިރު މި އަލްބަމްގައި ހިމެނޭ ލަވަތައް ކިޔާފައި ވަނީ ސިމްބޮލިކް ރެކޯޑްސްގެ މަގުބޫލު ދެ އާޓިސްޓުން ކަމަށްވާ ރައްޔާން މުހައްމަދު (ރައިޑޭ) އަދި މުހައްމަދު ނަބީލް (ޓޯއި)އެވެ.

މުލަ އަލްބަމްގައި ޖުމްލަ 7 ލަވައެއް ހިމެނެެއެެވެެ. އެއީ:

  1. ޓޯއި އާއި ރައިޑޭޭގެ "ނޫން"
  2. ޓޯއި އާއި ރައިޑޭޭގެ "އެންމެން"
  3. ޓޯއި އާއި ރައިޑޭޭގެ "ދޯކާ"
  4. ޓޯއި އާއި ރައިޑޭޭގެ "ތަރި"
  5. ޓޯއީގެ "އަލުން"
  6. ޓޯއިގެ "ދީނާރު"
  7. ރައިޑޭގެ "ނެެތަސް"

ސިމްބޮލިކް ރެކޯޑްސްގެ އޮފިޝަލަކު "ވޮއިސް"އަށް ބުނީ މި ލަވަތަކުގެ ތެެރޭގައި ހިމެނޭނީ ބޮޑަށް "ސެލްފް ރިއެލައިޒޭޝަން" ލަވަތަކެއް ކަމަށާއި، އޭގެ އިތުރުން ލޯބީގެ ލަވައަކާއި، މުޖްތަމައުގެ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ނެރެފައިވާ ލަވަތަކެއް ހިމެނޭ ކަމަށެެވެެ.

މި އަލްބަމް ރިލީޒްކޮށްފައި ވަނީ މިމަހުގެ 10 ވީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެެ. އޭޭނާ ބުނި ގޮތުގާ އަދި ހަމައެކަނި މި ލަވަތައް އަޑުއަހާލެވޭނީ "ބައިސްކޯފު"ންނެެވެެ.

"އަދި މާލަސްތަކެއް ނުވެ ޕަބްލިކް ރިލީޒްއަށްވެސް ދޫކޮށްލާނަން. އެކަމް އަދި މިވަގުތު އަޑުއަހާލެވޭނީ ހަމައެކަނި ބައިސްކޯފުން." ސިމްބޮލިކް ރެކޯޑްސްގެ އޮފިޝަލަކު ބުންޏެވެ.

އޭނާ އިތުރަށް ބުނީ މި ލަވަތައް ބައިސްކޯފަށް ދޫކޮށްލުމާއި އެކުވެސް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިގެން ގޮސްފައި ކަމަށާއި، ފޭސްބުކް އަދި ޓްވިޓާގައިވެސް މި ލަވަތަކަށް އޮތް މަގުބޫލުކަން ގިނަ ބައެއްގެ ފަރާތުން ފެންނަމުންދާކަމަށެވެެ. އަދި އާންމުކޮށް ލަވަތައް ދޫކޮށްލުމުން ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމާމެދު ޝައްކެއް ނެތް ކަމަށް އޭޭނާ ބުންޏެވެ.

މިވެސް ކިޔާލާ:

މުލަ އަލްބަމްގެ ކަލެކްޓާސް އެޑިޝަން ޕްރިއޯޑާ ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެެ. ކަލެކްޓާސް އެެޑިޝަނަށް ޕްރިއޯޑާ ކުރުމަށް ސިމްބޮލިކް ރެކޯޑްސްގެ ވެބްސައިޓްގެެ "މުލަ" މެދުވެެރިކޮށް ޕްްރިއޯޑާކޮށްލެވޭނެއެވެ. ކަލެކްޓާސް އެޑިޝަން ޕްރިއޯޑާކުރެވޭނީ 123 ރުފިޔާއަށެވެ.

"އޭރުން މިކޮޅުން އާޓިސްޓުން ސައިންކޮށްފަ އިންނަ ފިޒިކަލް ކޮޕީއެއްގެ އިތުރުން ބައެއް އެހެން ގިފްޓުތައް ލިބިގެންދާނެ"  ސިމްބޮލިކް ރެކޯޑްސްގެ އޮފިޝަލަކު ބުންޏެވެ.

މީގެ ކުރިއާ އަޅާ ބަލާއިރު ސިމްބޮލިކް ރެކޯޑްސް އިން ލަވަ އަލްބަމެއް ސަޕޯޓަރުންނާ ހަމައަށް ދޫކޮށްލާފައި މިވަނީ ގިނަ ދުވަސްތަކެއް ފަހުންްނެވެ. ސިމްބޮލިކް ރެކޯޑްސްއިން ބުނެފައި ވަނީ އަވަސް މުސްތަޤްބަލެއްގައި އެމީހުންގެ އިތުރު އުފެއްދުންތަކެއް ސަޕޯޓަރުންްނާ ހަމައަށް ގެނެސްދޭޭނެ ކަމަށެވެެ.

 

 

0%0%0%

ހިޔާލު ދެއްވާ!

Your email address will not be published.