ރައީސް މައުމޫންގެ ޖަލު ހުކުމް ބާތިލް ކޮށްފި

24 Oct 2018 | 17:02

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްގެ މިއަދު ހައިކޯޓުން ބާތިލްކޮށް އެމަނިކުފާނުގެ އަތުން ނަގާފައިވާ ގާނޫނީ ވަކީލް ކަމުގެ ހުއްދަ އާއި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަދޭން މިއަދު ހައިކޯޓުން ނިންމައިފި އެވެ.

ރައީސް މައުމޫނުގެ މައްޗަށް ދެ ދައުވާ އެއްވަނީ އުފުލިފައެވެ. އެއީ ޓެރަރިޒަމްގެ ދައުވާ އާއި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.

މިގޮތުން އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ރައީސް މައުމޫނުގެ މައްޗަށް ދައުލަތުން އުފުލެއްވީ ތަހުގީގަށް ފޯނު ނުދިން މައްސަލައިގައެވެެ.

ރައީސް މައުމޫނު އެހުކުމް ތަންފީޒްކުރަމުން ގެންދަވަނިކޮށް ހައިކޯޓުންވަނީ ކަފާލާތުގެ ދަށުން އިސްތިއުނާފު މައްސަލާގައި ހައިކޯޓަށް ގޮތެއް ކަނޑައެޅެންދެން ދޫކޮއްލުމަށް އަމުރުކޮށްފައެވެ.

ދައުލަތުންވަނީ މީގެކުރިން އިސްތިއުނާފު މައްސަލާގެ އަޑުއެހުމުގައި ކުރިމިނަލް ކޯޓުން ޝަރީއަތް ހިންގުމުގައި އަމަލުކުރި އިިޖްރާތުތައް ރަނގަޅު ނޫން ކަމަށް ބުނެފައެވެ.

އެދުވަހު މައްސަލާގެ އަޑުއެހުންތައް ނިންމާލި އިރު ފަނޑިޔާރުން ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނެތްކަމަށާއި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ބުނެފައެވެ.

އަދި ރައީސް މައުމޫނުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ މައްސަލާގެ ޝަރީއަތް ދަށު ކޯޓުގައި ވެސް ފަށާފައެެއް ނުވެއެވެ. ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ.

ރައީސް މައުމޫން ހައްޔަރުކުރެވުނީ މިއަހަރު ފެބްރުއަރީ މަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހުއެވެ. 

Advertisement

ކޮމެންޓް