ދިވެހިންނަށް ލިބިފައިވާ މިނިވަންކަން ގެއްލެން އެއްވެސް ދިވެއްސަކު ނޭދޭނެ: ރައީސް ނަޝީދު

26 Jul 2019 | 19:39

ދިވެހިންނަށް ލިބިފައި މިވާ މިނިވަންކަން ގެއްލެން އެއްވެސް ދިވެހި ރައްޔިތަކު ނޭދޭނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާދަމާ ފާހަގަ ކުރާ މިނިވަން ދުވަހުގެ މުނާސަބަތުގައި، ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދެއްވި ހިތާބުގައި ވިދާޅުވީ، މިއަދު ދިވެހިންނަށް ސިޔާސީ ގޮތުން ފުރިހަމަ މިނިވަންކަން ލިބިފައިވާ ކަމަށެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ނަޝީދު މިރޭ ދެއްވި ހިތާބުގައި އެމަނިކުފާނު ވިދާޅުވީ، 1965 ވަނަ އަހަރުން ފެށިގެން ޖުލައިމަހުގެ 26 ވަނަ ދުވަސް ދިވެހިން ފާހަގަ ކުރަމުން އަންނަނީ އެއްވެސް ގައުމެއްގެ އިސްތިއުމާރީ ބާރުގެ ދަށުގައި ނެތުމުން ލިބިފައިވާ، ސިޔާސީ މިނިވަންކަން ލިބުނު ދުވަހުގެ ގޮތުގައި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއަދުގެ ދުނިޔެއަކީ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ދުނިޔެއެއް ކަމަށާއި، ޤައުމުތަކާއި ގުޅިގެން ނޫނީ، ތަރައްގީ ހޯދަން އުނދަގޫ ވާނެ ކަމަށެވެ.

މިނިވަން ދުވަހާއި ގުޅިގެން މިރޭ ދެއްވި ހިތާބުގައި ރައީސް ނަޝީދު އިތުރަށް ވިދާޅުވވީ، ރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބި، އަމިއްލަ ގައުމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު މިއަދު ވަރަށް ރަނގަޅަށްވެސް ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން، އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، މުވައްޒަފުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ އަރިސް ކުރާ ކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް