މަޖްލިސް އިންތިހާބު 2019 ގެ މާޗުގައި
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2019 ވަނަ އަހަރުގެ މާޗު މަހުގައި ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ތައްޔާރުވާން ފަށައިފިއެވެ.
އިލެކްޝަން ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމް ވިދާޅުވި ގޮތުގައި މަޖްލިސް އިންތިހާބު މާޗު މަހުގެ ފަހުކޮޅުގައި ބާއްވަން ތައްޔާރުވަމުން ދާކަމަށް ވިދާޅުވިއެވެ.
އަދި މިކަމުގެ މަޝްވަރާތައް ޕީޕީއެމް ފިޔަވައި ހުރިހާ ޕާޓީއެއް ބައިވެރިވި ބައްދަލުވުމެއްގައި ވަނީ މަޝްވަރާކުރެވިކަން އޭނާ ފާހަގަކުރެއްވިއެވެ.
އާދަރުރަކަށް މަޖިލިސް އިންތިހާބުކުރެވިގެންދާއިރު ދާއިރާތައް އިތުރުވެގެންދާނެއެވެއެ. އަކްރަމް ވިދާޅުވީ ބަދަލު އަންނަނީ މާލޭ ދާއިރާއަށް އެކަނި ކަމަށެވެ. އެ ބަދަލުގެ ތެރޭގައި ދާއިރާގެ ނަންތަކަށް ބަދަލުއައުން ވެސް އެކަށީގެންވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.
އެގޮތުން މިއަދު ވަނީ މާލޭ ދާއިރާތަކުގެ މަޖްލިސް މެންބަރުންނާއި ބައްދަލު ކުރައްވައި އެބޭފުޅުންގެ ހިޔާލު ގޮނޑިއިތުރުވާ ދާއިރާތަކާ ބެހޭގޮތުން ހޯދާފައެވެ. އެއީ އެބަދަލަކީ މާލޭ ދާއިރާތަކަށް އަންނަ ބަދަލަކަށް ވާތީ ކަމަށް ވެސް އަކްރަމް ވިދާޅުވުއެވެ.
ދާއިރާތަކަށް އަންނަ ބަދަލުތައް ނޮވެމްބަރު މަހުގެ ކުރީކޮޅު އިއުލާނު ކުރާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists