Advertisement

ލިބާސް ސައްބީހުން ޓްވިޓަރ ދިވެހިކޮށްލައިފި

27 Jul 2019 | 14:33

ގައުމިއްޔަތާއި ގުޅުންހުރި ދުވަހެއް ނަމަ އެންމެ ގިނައިން ފެންނާނެ އެއްޗަކީ ދިވެހި ހެދުމެވެ. ދިވެހި ލިބާހާއި ދިވެހި ދިގުހެދުމުގައި ޖަލްސާތަކާއި ރަސްމީ ހަރަކާތްތަކުގެ އިތުރުން މަގުމަތިންވެސް ގިނަ ފަރާތްތައް ފެނިގެންދެއެވެ. ގައުމިއްޔަތުގެ އެއް ރުކުން ކަމުގައިވާ ދިވެހި ސަގާފަތުގެ ކުލަވަރުތައް، އޭގެ އެންމެ ފުރިހަމަކަމާއި އެކު ދައްކާލުމުގެ ނިޔަތުގައެވެ.

މިގޮތުން އިއްޔެ ފާހަގަކުރެވުނު ދިވެހިރާއްޖޭގެ 54ވަނަ މިނިވަންދުވަހުގެ މުނާސަބަތާއި ގުޅުވައިގެންވެސް ވަނީ ގިނަ އަދަދަކަށް ދިވެހި ލިބާހާއި ދިގުހެދުމުގައި އަންހެންވެރިން ހަރަކާތްތެރިވެފައެވެ. އެ ފަރާތްތައް ޗާލު ދިވެހި ހެދުންތަކުގައި ތިބި ފޮޓޯތައް ސޯޝަލް މީޑިޔާގެ އެކި ވަސީލަތްތަކުން ފެންނަމުންދިޔައިރު، ޓްވިޓަރއިން މިކަންދިޔައީ ވަކިން ޚާއްސަކޮށް ފެންނަމުންނެވެ. "ލިބާސް ސައްބީސް" ހޭޝްޓެގްގެ ދަށުންނެވެ.

ވޮއިސްއާއި ވާހަަކަދައްކަމުން މި ހަރަކާތް ފެއްޓި އެއް ފަރާތްކަމުގައިވާ ސަނާޔާ ޝިމްރީ ބުނީ މި ހަރަކާތް ފެއްޓުމުގެ ޚިޔާލު އައީ އޭނާގެ އަމިއްލަ އަލަމާރީގައި ލިބާހެއް ނެތްކަމުގެ އިހުސާސްކުރެވި، ލިބާހެއް ލާނެ ޚާއްސަ ދުވަހެއް ނެތްކަންވެސް އިހުސާސްކުރެވެމުންނެވެ. ސަނާޔާ މި ޚިޔާލުތައް ޓްވީޓްކުރުމާއި އެކު، އެ ހަރަކާތުގެ ދެވަނަ އިސްވެރިޔާ މަރިޔަމް ރިފްގާ ރަޝީދު، އަަހަރީ ލިބާސް ހަރަކާތެއް ބާއްވަންވީ ކަމަށް ބުންޏެވެ. ލިބާސް ސައްބީހުގެ ފެށުމަކީ މިއީއެވެ.

ސަނާޔާ ބުނީ އެ ހަރަކާތަށް ގިނަބަޔެއްގެ ތަރުހީބު ލިބުމުން ޓެެލެގްރާމް ގްރޫޕެއް ހަދައި، ދިވެހި ހެދުމުގައި ތިބި ގިނަ އަދަދެއްގެ މީހުން އެއްތަނަކަށް އެއްވެ، މިނިވަން ދުވަހުގެ އުފާ ފާހަަގަކުރުމަށް މަސައްކަތްކުރި ކަމަށެވެ. ނަމަވެސް އިއްޔެ ގިނަ ފަރާތްތަކުގެ ވަގުުތު ހުރިގޮތުން އެއްތަނަކަށް އެއްނުވިޔަސް، މުޅި ޓްވިޓަރގައި ލިބާސް ސައްބީސް ހޭޝްޓެގްގެ ދަށުން ދިވެހި ހެދުމުގައި ތިބި ފަރާތްތައް ފެނުނު ކަމަށް އޭނާ ފާހަގަކުރިއެވެ.

މި ހަރަކާތް ޚާއްސަކުރެވިފައި އޮތީ ހަމައެކަނި އަންހެނުންނަކަށް ނޫނެވެ. ދިވެހި ހެދުމުގައި މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ފިރިހެނުންނަށްވެސް އޮތީ ހުޅުވާލާފައެވެ.

ސަނާޔާމެންގެ ހަރަކާތް މިހިސާބުން ހުއްޓުނީއެއް ނޫނެވެ. ކުރިއަށް އޮތް ބޮޑުއީދުގެ މުނާސަބަތާއި ގުޅުވައިގެން ލިބާސް އީދުގެ ހޭޝްޓެގްގެ ދަށުން ދިވެހި ހެދުންލުމުގެ ޚާޢްސަ ހަަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި ހަރަކާތުގައި އެންމެންވެސް ބައިވެރިވަމާތޯއެވެ؟ ދިވެހި ސަގާފަތް ދިރުވާ އާލާކުރަމާތޯއެވެ؟

Advertisement

ކޮމެންޓް

Advertisement