ރައީސް ޔާމީންގެ ޝަރީއަތަށް ސިޔާސީ ނުފޫޒު ފޯރާ: ޕީޕީއެމް-ޕީއެންސީ

27 Jul 2019 | 21:32

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ސިޔާސީ ނުފޫޒު ފޯރާކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ޕީީޕީއެމާއި ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިި ވާހަކަފުޅު ދައްކަވަމުން މާވަށު ދާއިރާގެ މުހައްމަދު ސައީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި އެތައް ބަޔެއްގެ މައްޗަށް ތުހުމަތު ކުރެވެމުންދާއިރު، އެ މައްސަލައިގައި ޝަރީއަތް ކުރެވެމުންދަނީ ހަމައެކަނި ރައީސް ޔާމީންގެ މައްޗަށް ކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި އެ މައްސަލައިިގެ ޝަރީއަތަށް ދަނީ ސިޔާސީ ނުފޫޒު ވަންނަމުންނެވެ.

އެގޮތުން ދައުލަތުގެ އެކި މުއައްސަސާތަކުގައި އޭރުވެސް ތިއްބެވި އިސް ބޭފުޅުން އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން މި މައްސަލަ ޝަރީއަތަށް ހުށަހެޅުމުން، އެ މައްސަލަ ހުށައަޅާފައިވަނީ އެބޭފުޅުން ސަރުކާރާއެކު ޑީލްއެއް ހައްދަވައިގެން ކަމަށް ސައީދު ތުހުމަތުކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ވެރިކަން ނިމުނުތަނާ އެ ދައުވާ ކުރުމުގެ ފުރުސަތު އޮތްކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

ފޮޓޯ: ސަން

Advertisement

ކޮމެންޓް