Advertisement

"ރައީސް ޔާމިންް ވެވަޑައިގެންނެވި ގުރުބާނީ އަކީ އުތީމު މަހާރަދުން ވެސް މި ގައުމައްޓަކާ ވެވަޑައިގެންނެވި ގުރުބާނީ" - އަދުރޭ

19 Oct 2018 | 07:51

ރައީސް ޔާމީން ވޭތުވެ ދިޔަ ފަސް އަހަރު ދެއްކެވި ސާބިތުކަމަކީ އުތީމު މަހާރަދުން ވެސް މި ގައުމައްޓަކާ ވެވަޑައިގެންނެވި ގުރުބާނީ ފަދަ ގުރުބާނީއެއް ކަމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އޮޅުވާލިވޯޓްގެ ނަމުގައި ސިލްސިލާގޮތެއްގައި ޕީޕީއެމް އިން ބާއްވާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ރައީސް ޔާމިން ސިފަ ކުރެއްވީ ގައުމީ ބަތަލެއްގެެ ގޮތުގައެވެ.

ރައީސް ޔާމީންގެ ނަންފުޅު ލިޔަން ޖެހޭނީ އުތީމު މަހާރަދުންނާއި ދޮންބަނޑާރައިންނާއި، ހުސައިން އާދަމް ލިޔާ ލިސްޓުގައި ކަމަށެވެެ. ނަމަވެސް މުހައްމަދު ތަކުރުފާނު މި ގައުމައްޓަކާ ވެވަޑައިގެންނެވި ގުރުބާނީ ވެވަޑައިގެންނެވި ހާލަތާއި، މިއަދުގެ ހާލަތާ ވަރަށް ތަފާތު ކަމަށެވެެ.

ނަމަވެސް ރައީސް ޔާމީންގެ ނަން އެލިސްޓް ގައި ލިޔަންޖެހެނީ މިއަދުގެ މިހާލަތުގައި ރައީސް ޔާމީން ވޭތުވެ ދިޔަ ފަސް އަހަރު އެ ދެއްކެވި ސާބިތު ކަމާ ކުރެއްވި ހިތްވަރާއި އެ ދެއްކެވި ކެތްތެރިކަމާއި، އެ ވެވަޑައިގެންނެވި ގުރުބާނީ އަކީ އުތީމު މަހާރަދުން ވެސް މި ގައުމައްޓަކާ ވެވަޑައިގެންނެވި ގުރުބާނީކަމަށެވެެ. އަދި ސޮލާހުއްދީނުލް އައްޔޫބީ އެމަނިކުފާނުގެ ގައުމައްޓަކާ ވެވަޑައިގެންނެވި ގުރުބާނީ ކަމަށާއި ޖޯޖު ވޮޝިންޓަން އެމެރިކާއައްޓަކާ ވެވަޑައިގެންނެވި ގުރުބާނީކަމަށެވެ.

"އުތީމު މަހާރަދުންނާއި ދޮންބަނޑާރައިންނާއި، ހުސައިން އާދަމް ލިޔާ ލިސްޓުގައޭ ރައީސް ޔާމީންގެ ނަންފުޅު ލިޔަން ޖެހޭނީ. އެއީ ސަބަބެއް ނެތިއެއް ނޫން. މުހައްމަދު ތަކުރުފާނު މި ގައުމައްޓަކާ ވެވަޑައިގެންނެވި ގުރުބާނީ ވެވަޑައިގެންނެވި ހާލަތާއި، މިއަދުގެ ހާލަތާ ވަރަށް ތަފާތު. މިއަދުގެ މިހާލަތުގައި ރައީސް ޔާމީން ވޭތުވެ ދިޔަ ފަސް އަހަރު އެ ދެއްކެވި ސާބިތު ކަމާ ކުރެއްވި ހިތްވަރާއި އެ ދެއްކެވި ކެތްތެރިކަމާއި، އެ ވެވަޑައިގެންނެވި ގުރުބާނީ އަކީ އުތީމު މަހާރަދުން ވެސް މި ގައުމައްޓަކާ ވެވަޑައިގެންނެވި ގުރުބާނީ، ސޮލާހުއްދީނުލް އައްޔޫބީ އެމަނިކުފާނުގެ ގައުމައްޓަކާ ވެވަޑައިގެންނެވި ގުރުބާނީ، ޖޯޖު ވޮޝިންޓަން އެމެރިކާއައްޓަކާ ވެވަޑައިގެންނެވި ގުރުބާނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެއިތުރުން އަދުރޭގެ ވާހަކަފުޅުގައި އިދިކޮޅު ކޯލިޝަން ރައީސް ޔާމީން ފިއްލަވައި ވަޑއިގަންނަވާ ކަމަށް ކުރަމުންދާ ތުހުމަތު ތަކަށް ރައްދު ދެއްވާ ވިދާޅުވީ ރައީސް ޔާމީން އަކީ ގައުމުދެކެ ލޯބިވެވަޑައިގަންނަވާ ބޭފުޅެއްކަމަށާއިގައުމު ދޫކުރައްވާ ވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އިންތިހާބް އޮޅުވާލިކަމަށާއި އެމައްސަލަ ތަހުގީގުކޮށް އެޔަށް އިންސާފް ލިބެންޖެހޭ ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement