ބީއެމްއެލްގެ ބޯޑަށް ޝަރީފްގެ ނަމެއް ނުފޮނުވާ

30 Jul 2019 | 13:49

ބޭންކް އޮފް މޯލްޑިވްސްގެ ބޯޑަށް ސަރުކާރުގެ ފަރާތުން އައްޔަންކުރަން ފޮނުވާ ނަންތަކުގެ ތެރޭގައި އެބޭންކްގެ މިހާރުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ނުހިމެނޭކަން ހާމަވެއްޖެއެވެ.

ބީއެމްއެލްގެ ބޯޑަށް ޝަރީފް އައްޔަން ނުކުރާނެކަން ހާމަވެފައިވަނީ މިރޭ އޮރް އެ ބޭންކްގެ އަހަރީ އާންމު ޖަލްސާގައި ބޯޑަށް އައްޔަންކުރަން ފޮނުވާ ނަންތަކުގައި އޭނާގެ ނަން ނެތުމުންނެވެ.

ބީއެމްއެލްގެ ބޯޑަށް ސަރުކާރުން މިހާތަނަށް ހުށަހެޅި ނަންތައް

1. ޓިމޮތީ ސޯޔާ، ބޭންކްގެ ސީއީއޯ

2. ޖުވައިރިޔާ ސައީދު، މއ. ކޮށީގެ، މާލެ

3. ސަނާ މަންސޫރު، މއ. މަނަސް، މާލެ

4. ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝިން، މާލެ

5. ހައްވާ ސަފުނާ، ހ. ވައިފިލާގެ، މާލެ

6. ހުސައިން ތައުފީގު އަލީ، މ. މުއިރި، މާލެ، މިއެވެ.

އެ ބޭންކްގެ ބޯޑަށް ސަރުކާރުން އައްޔަންކުރާނީ އަށް މެންބަރުންނެވެ. އަދި އާންމު ހިއްސާދާރުންގެ ތެރެއިން އައްޔަން ކުރާނީ ތިން މެންބަރުންނެވެ.

ޝަރީފް އަލުން އެ ބޭންކްގެ ބޯޑަށް އައްޔަންނުކުރަން ނިންމިިއިރު، މަޖިލީހުގެ ކޮމެޓީގައި ދޮގު މައުލޫމާތު ދެއްވި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ފޮޓޯ: ދަ ޕްރެސް

Advertisement

ކޮމެންޓް

Advertisement