Advertisement

ޔުނައިޓެޑަށްވުރެ ރެއާލް މެޑްރިޑް މަތިން މާބޮޑަށް ހަނދާންވޭ: ރޮނާލްޑޯ

30 Jul 2019 | 15:11

މެންޗެސްޓާ ޔުނައިޓެޑަށްވުރެ ރެއާލް މެޑްރިޑް މަތިން މާ ހަނދާންވާ ކަމަށް މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ. 2003 ވަނަ އަހަރުން ފެށިގެން 2009 އަކައި ހަމައަށް ޔުނައިޓެޑުގައި ހަ އަހަރު ހޭދަކުރުމަށްފަހު ރޮނާލްޑޯ ރެއާލްއަށް ބަދަލުވީ އޭރުގެ ރެކޯޑް ޓްރާންސްފާ ފީއެއް ކަމުގައިވާ 80 މިލިއަން ޕައުންޑަށެވެ.

ރެއާލްގެ ހަނދާންތައް ބޮޑަށް ހުންނަ ސަބަބަކީ އެތަނަކީ އޭނާގެ ކުދިން އުޅެ ބޮޑުވިތަން ކަމުގައިވުމުން ކަމަށް ރޮނާލްޑޯ ބުންޏެވެ. ނުވަ އަހަރު ރެއާލްގައި ހޭދަ ކުރުމަށްފަހު އެ ކްލަބް ދޫކޮށްލުމަކީ ފަސޭހަ ކަމަށް ނުވި ކަމުގައިވެސް އޭނާ ވަނީ ބުނެފައެވެ.

ރެއާލްއާއެކު ހަތަރު ފަހަރު ޗެންޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އިތުރުން ރޮނާލްޑޯވަނީ ގިނަގުނަ 'އިންޑިވިޖުއަލް' އެވޯޑުތަކެއްވެސް އެ ކްލަބާއެކު ހާސިލު ކޮށްފައެވެ.

ސްޕެއިންގެ މެޑްރިޑުގައި ބޭއްވި މާކާ އެވޯޑް ހަފްލާގައި ވާހަކަ ދައްކަމުން ރޮނާލްޑޯ އިތުރަށް ބުނި ގޮތުގައި އޭނާގެ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ޕޯޗުގަލްއާއެކު 2016 ވަނަ އަހަރު ކާމިޔާބު ކުރެވުނު ޔޫރޯ ޗެންޕިއަންޝިޕް ކަމަށެވެ.

Advertisement

ކޮމެންޓް