Advertisement

ރައީސް ނަޝީދު މެންބަރުންނަށް ކޯފާ އިސްކުރައްވައިފި

31 Jul 2019 | 04:10

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރައްވަމުން ގެންދަވާ ގޮތާއި މެދު ކޯފާ އިސްކުރައްވައިފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެއްކަމަކަށް ދެ ފަހަރާ އެހުމުންވެސް މެންބަރުން ވަނީ އެކަން އެނގިވަޑައިނުގެން އެކަމަށް ވޯޓު ދެއްވާފައެވެ. އެކަމާއި ގުޅިގެން ޖަލްސާގައި ރައީސް ނަޝީދު ވަނީ މެންބަރުންނާއި ހަރުކަށިގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް މި މަޖިލީހުގައި ކަންކަން ހިނގާ ގޮތް އެނގިވަޑައިނުގަންނަވާ މިތަނުގައި ތިއްބެވުމަކީ ވަރަށް ޖަވާބުދާރީކަން ކުޑަ، އެބޭފުޅުން ކުރައްވައިގެން ތި ތިއްބެވި ހުވަޔާއި އަދި ރާއްޖޭގެ ރައްޔިތުން ތިބޭފުޅުންގެ ކިބައިން އެދޭ އެދުމާއި މި ކަންކަމާއި ވަރަށް ބޮޑަށް ފުށޫ އަރާ ކަމެއްކަމަށެވެ.

އެހެން އެމަނިކުފާނު ވިދާޅުވުމުން ރައީސް ނަޝީދު ދެއްކެވި ވާހަކަ ރަނގަޅަށް ސާފު ނުވާ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު މުހައްމަދު ތޯރިގުވަނީ ވިދާޅުވެފައެވެ. އެހެން ވިދާޅުވުމުން ރައީސް ނަޝީދު ވަނީ ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހައިފިނަމަ އިވޭނެކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް