Advertisement

ޓްރީޓޮޕްގެ ކަސްޓަމަރުންނަށް ހިލޭ ދަތުރުފަތުރުގެ ޚިދުމަތްދެނީ

30 Jul 2019 | 15:52

ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލުން ޚިދުމަތް ހޯދަންދާ ފަރާތްތަކަށް ހިލޭ ދަތުރުފަތުރުކުރެވޭނެގޮތް ހަަމަޖައްސައިފިއެވެ.

އެ ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި އެ ހޮސްޕިޓަލުން ހިދުމަތް ހޯދަންދާ ފަރާތްތަކަަށް މާލެއާއި ހުޅުމާލެއާއި ދެމެދު ހިލޭ ދަތުރުކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުންނެވެ.

މިގޮތުން ބަލިމީހާއާއި އޭނާގެ އެހީތެރިޔާއަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

އެތަނުން މައުލޫމާތު ދޭގޮތުގައި ޓްރީޓޮޕުން ދޭން ހަމަޖެހިފައިވާ ގެސްޓް ޓްރާންސްފާގެ ހިދުމަތް ހޯދުމަށް ޖާގަ ބުކް ކުރުމުގެ ފުރުސަތު ބަލިމީހާގެ އެޕޮއިންޓްމަންޓް ހަމަޖެހުމާ އެކު ލިބޭނެކަމަށެވެ.

އެގޮތުން ޖާގަ ބުކް ކުރެވިފައިވާ ކަމުގެ ކޮންފަމޭޝަން ކޯޑު ޑްރައިވަރަށް ދައްކާލުމުން ބަލިމީހާ އަށާއި އެހީތެރިއަކަށް ދަތުރުގެ ހިދުމަތް ލިބިގެންދާނެކަމަށް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް