މީހަކު ދެއްކި ވާހަކަތަކެއްގެ ސަބަބުން 4000 ލޯބިވެރިން ވަކިވެ 17 ކައިވެނި ރޫޅިއްޖެ

19 Oct 2018 | 13:18

މީހަކު ދެއްކި ވާހަކަތަކަކާއި ގުޅިގެން 4000 ލޯބިވެރިން ވަކިވެ 17 ކައިވެންޏެއް ރޫޅިއްޖެއެވެ. މި އަދަދުތައް މިހާރުވެސް ދަނީ އިތުރުވަމުން ކަމަށް މައުލޫމާތު ލިބެއެވެ.

މި ހުރިހާ މައްސަލަތަކެއް މެދިވެރިވުމުގެ އަސްލަކަށް ވެފައިވަނީ ނެޓްފްލިކްސްއިން ދައްކި ޖިގްސޯ ކިޔައި ޝޯއެއްގައި މީހަކު ދެއްކި ވާހަކަތަކެކެވެ.

ކޮމޭޑިއަންއެއް ކަމަށްވާ ޑެނިއަލް ސްލޮސް އޭނާގެ ޝޯގައި ބުނެފައިވަނީ ކޮންމެ މީހަކު ރައްޓެހިވެގެން އުޅެނީ ނޫނީ ކައިވެނީގެ ގޮތުން ގުޅިގެން އުޅެނީ އެމީހެއްގެ ސޯލްމޭޓާއިކަމަށް ކިޔައިގެން އުޅޭ މީހުން އެ ދައްކަނީ އެއްވެސް އަސްލެއް ނެތް ބޭކާރު ވާހަކަތަކެއް ކަމުގައެވެ.

ހަގީގަތަކީ އާންމުންގެ ތެރޭގައި އަދި ޝޯޝަލް މީޑިއާގައި 'ސްވިޓީއޭ'، 'ބޭބީއޭ' ކިޔައިގެން ފޮޓޯނަގައި ވީޑިއޯކުރުމުގެ އިތުރުން ސްޓޭޓަސްތައް ޖަހައިގެން ގިނަ ފަހަރު އުޅެނީ ދެމީހުންގެ މެދުގައި އޮންނަ ގުޅުން އެހާ ވަރަގަދަ ނޫން މީހުން ކަމުގައެވެ.

މީހަކާއި ލޯބީގެ ގޮތުން ގުޅިގެން ނޫޅެންޏާއި އެމީހެއްގެ ދިރިއުޅުން ފުރިހަމަނުވާ ކަމަށާއި އެއީ ގޮތް ހުސްވެފަ ހުރި އެކަނިވެރިއެއްގެ ގޮތުގައި މުޖުތަމައުން ލޭބަލް ކުރާ ކަމުގައި ޑެނިއަލް ވަނީ ބުނެފައެވެ.

މީގެ ނަތީޖާއަކަށް ވަނީ މީހުން އެމީހުނާއި އެއްވެސް ގޮތަކުން ނުގުޅޭ މީހުނާއި ލޯބީގެ ގޮތުން ގުޅި ކައިވެންޏަކާއި ހަމައަށް ދިއުން ކަމުގައިވެސް އޭނާ އިތުރަށް ބުނެފައިވެއެވެ.

އެކި ކަހަލަ ޕްރެޝަރުތަކާއި ހެދި ބައިވެރިއަކު ނެތުމަށްވުރެ ހުރުން ރަނގަޅުކަމަށް ނިންމައި ގިނަ މީހުން އެމީހުންގެ މިޒާޖާއި، އުޅުން، އަދި ވިސްނުން އެއްގޮތް ނޫން މީހުނާއި ލޯބީގެ ގޮތުން އަދި ކައިވެނީގެ ގޮތުން ގުޅޭކަން ޑެނިއަލްގެ ވާހަކައިގަ ފާހަގަ ކޮށްފައިވެއެވެ.

މިވާހަކަތައް ބަލައި އަޑު އެހުމަށްފަހު ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ވަނީ އެމީހުންގެ ބައިވެރިން ދޫކޮށްލުމަށް ފަހު އެކަން ޝޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

މީގެ އިތުރުން އެމީހުންގެ ލޯތައް ހުޅުވާލަ ދިންކަމަށް ބުނެ ޑެނިއަލްއަށް ޝުކުރު އަދާކޮށް އެތައް ހާސް މެސެޖުތަކެއް ލިބެމުންދާ ކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައެވެ.

Advertisement

ކޮމެންޓް