ގޮފިގަނޑު ނެގި ވާހަކަ ޓްވީޓު ކުރުމުން ޝިފާ ހޫނު ފެނަށް!

01 Aug 2019 | 22:33

ސަލްޓަން ޕާކުގައި ހުރި ބޮޑު ގަހެއްގައި ހަލާކުވެ، ވެއްޓެން ކައިރިވެފައި އޮތް ގޮފިގަނޑެއް އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ނެގުމުން، މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު އެމްއެންޑީއެފްއަށް ސާބަސް ދެއްވައި ޝުކުރު ދަންނަވައިފިއެވެ.

މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވަނީ މީހަކަށް އަނިޔާއެއް ނުލިބެނީސް އެމްއެންޑީއެފުން އެ ގޮފިގަނޑު ނެގި ކަމަށްޓަަކައި، އެމްއެންޑީއެފްއަށް ތައުރީފު ކުރައްވާފައެވެ.

"ސަރުކާރުގެ ވަސީލަތްތައް ނެތް ތަންތަނަށް، ހުރި ވަސީލަތެއްގެ އެހީ އެހާ އަވަހަށް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް." ޝިފާ ވިދާޅުވިއެވެ. ޝިފާ ވިދާޅުވީ އެގޮފިގަނޑު ވެއްޓި މީހަކަށް އަނިޔާއެއް ނުލިބެނީސް އެ ނެގި ކަމަށްޓަކައި އެމްއެންޑީއެފްއަށް ޝުކުރު ދަންނަވާ ކަމަށެވެ.

ޝިފާ ކުރެއްވި ޓްވީޓާ ގުޅިގެން ބައެއް އާއްމު ރައްޔިތުން ވަނީ އެކަމަނާއަށް ފާޑު ކކިޔާފައެވެ. އެގޮތުން 30 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓު ބޭނުންކޮށްގެން ސަރުކާރުން ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ކަމަށާ، ގަހެއްގައި އިން ގޮފިގަނޑެއް ކެނޑުމަކީ ވަރަށް ބޮޑު މަޝްރޫއެއް ކަމަށް އެކަކު ވަނީ ބުނެފައެވެ. 

އަދި ގޮފިގަނޑު ނެގި ގޮތަށް، މާލޭގައި ވެއްޓެން ކައިރިވެފައި ހުރި އިމާރާތްތައްވެސް އެމްއެންޑީއެފްގެ އެހީގައި ނަގައިދޭން މީހަކު އެދިފައިވެއެވެ. 


Advertisement

ކޮމެންޓް