އުރީދޫ އަބަދުވެސް ދާނީ ކުރިއަށް: ނަޖީބް ޚާން

01 Aug 2019 | 16:28

އުރީދޫ މޯލްޑިވްސް އަބަދުވެސް ދާނީ ކުރިއަށްކަމަށް އެކުންފުނީގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވެއްޖެއެވެ.

ނަޖީބް ޚާން މިހެން ވިދާޅުވީ އެކުންފުނީގެ 14ވަނަ އަަަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ ފާއިތުވެދިޔަ އަހަރުތަކަކީ ވިޔަފާރީގެ އުފާވެރި ދަތުރެއްކަމަށާއި 14އަހަރުގެ ތެރޭގައި ކުންފުންޏާއި ކަސްޓަމަރުންނަށްވެސް ބަަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި މި ދަތުރުގައި ބައިވެރިވެ އެހީތެރިވެދިން ސަރުކާރާއި، ފިހާރަތަކާއި، ޕާޓްނަރުންނާއި ހީވާގި މުވައްޒަފުންނަށް ވަނީ ޝުުކުރު ދަންނަވާފައެވެ.

ސީއީއޯ ވަނީ ދިވެހިރާއްޖޭގެ މުވާސަލާތީ ގުޅުންތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވައި، އެ ބަދަލުތަކުގައި ބައިވެރި ވެވުނީތީ އުފާކުރައްވާކަމަށް ވިދާޅުވެފައެވެ. އެގޮތުން 2ޖީ، 3ޖި، ފުރަތަަމަ ސަބްމެރިން ކޭބަލް އަދި 100 އިންސައްތަ 4ޖީ ޕްލަސް ތައާރަފްކުރުން ހިމެނެއެވެ.

ނަޖީބް އިތުރަށް ވިދާޅުވީ މި ހިސާބުން ހުއްޓާނުލާނެ ކަމަށާއި އިތުރު މަސައްކަތްތައް ކުރިއަށް އޮތްކަމަށެވެ.

Advertisement

ކޮމެންޓް