މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެމްޓީސީސީއަށް 45 މިލިޔަނަށްވުރެ ގިނަ ގެއްލުން

01 Aug 2019 | 20:06

މިއަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި އެމްޓީސީސީއަށް 45.2 މިލިޔަން ރުފިޔާގެ ގެއްލުން ލިބުނުކަމަށް އެކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ކުންފުނިން ހާމަކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި، އެމްޓީސީސީއަށް ލިބުނު އާމްދަނީން ވިޔަފާރީގެ ހަރަދު އެކަނި ކެނޑުމުން އެމްޓީސީސީ އަށް ވަނީ 3.2 މިލިއަން ރުފިޔާގެ ގެއްލުން ވެފަ އެވެ.

މިހެންކަމުން އެ ކުއާޓަރުގައި އެމްޓީސީސީ އަށް ލިބުނު ޖުމްލަ ގެއްލުމުގެ އަދަދު 45.2 މިލިއަން ރުފިޔާ އަށް އެރިކަން ފާހަގަކޮށްލެވެއެވެ.

ނަމަވެސް މި ގެއްލުމުގެ އަދަދު ވަނީ އެންމެ ފަހުގެ ކުއާޓާގައި ދަށްކުރެވިފައެވެ. އެގޮތުން އެމްޓީސީސީއަށް ލިބުނު އާމްދަނީގެ ތެރެއިން ވިޔަފާރި ކުރުމަށް ދިޔަ ހަރަދު ކެނޑުމުން އެ ކުންފުންޏަށް މިދިޔަ ކުއާޓަރުގައި 26 މިލިއަން ރުފިޔާގެ ފައިދާވާ ކަމަށް ދައްކައެވެ.

ނަމަވެސް، ޓެކްސް އާއި އެ ނޫން ވެސް ކުންފުނީގެ ހިންގުމުގެ ހަރަދުތައް ކެނޑުމުން އެމްޓީސީސީ އަށް މިދިޔަ ކުއާޓަރުގައި ވަނީ 14 މިލިއަން ރުފިޔާގެ ގެއްލުން ލިބޭކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

Advertisement

ކޮމެންޓް

Advertisement