ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ސްޓެވާޓް މަރުވެއްޖެ

20 Oct 2018 | 10:53

އޮސްޓްރޭލިއާގެ ކުރީގެ ކުޅުންތެރިއާ އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ޑަރެން ސްޓެވާޓް މަރުވެއްޖެ އެވެ.

52 އަހަރުގެ ސްޓެވާޓް ގުދުުރަތީ މަރަކުންމަރުވެފައިވާކަން އޭނާގެ އާއިލައިން ވަނީ ކަށަވަރު ކޮށްދީފައެވެ.

1993 ވަނަ އަހަރު ސްޓެވާޓް ވަނީ އޮސްޓްރޭލިއާގެ ގައުމީ ޓީމަށްވެސް ކުޅެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. މީގެ އިތުރުރުން ސްޓެވާޓް އޮސްޓްރޭލިއާގެ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށްވެސް ކުޅުނެވެ.

2016ވަނައަހަރު ސްޓެވާޓް ރާއްޖޭގެ ކޯޗުކަމާ ފުރަތަމަފަހަރައް ހަވާލުވެފައެވެ. އަދި އެއަހަރު އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ސްޓެވާޓްގެ ކޯޗްކަމުގެ ދަށުން ފުރުސަތު ހޯދިއެވެ.

އެހެންކަމުން އެފްއޭއެމްއިން ދިގު މުއްދަތަކަށް އޭނާ އަލުން ގެނައެވެ. ފަހުން އެނބުރި އައިސް ސްޓެވާޓްގެ ޓާގެޓަކަށް ވީ ރާއްޖެ ފުރަތަމަ ފަހަރަށް އޭޝިއަން ކަޕަށް ކޮލިފައި ކޮށްދިނުމެވެ.

ނަމަވެސް އެފަހަރުގެ ޓީމުގެ ނަތީޖާ މާބޮޑަށް ދައްވުމުން އެފްއޭއެމުން ވަނީ ސްޓެވާޓް ފޮނުވާލާފައެވެ.

ރާއްޖޭޭގެ އިތުރުން ސްޓެވާޓް އިތުރު ކްލަބަކަށް އަދި ގައުމަކަށްވެސް ކޯޗުކަން ކޮށްދީފައެއް ނުވެއެވެ.

Advertisement

ކޮމެންޓް