އެޖެންޑާ19 ގައި އޮތީ ދޮގާއި މަކަރު: ރައީސް ޔާމީން

02 Aug 2019 | 14:51

އެމްޑީޕީގެ ފަރާތުން މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ނެރުނު އެޖެެންޑާ19ގައި އޮތީ ދޮގާއި މަކަރުކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން "ކޮބާ ނުވިއެއްނު" ނަމުގައި ރޭ ކާނިވާ ސަރަަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީން ރިޔާސީ އިންތިޚާބުގައި ބައިވަރު ނަނާހުވަފެންތައް ދެއްކި ކަމަށާއި ނަަމަވެސް އޭގެން އެއްވެސް ކަމެއް މިހާތަނަށް ފުރިހަަމަވެފައި ނުވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މުޅި ރާއްޖެ ޖަޒީރާވެފައިވާ ކަމަށާއި ހުރިހާ ކަމަކަށް މިއޮންނަނީ އެޖެންޑާ 19ކަމަށެވެ.

"އެޖެންޑާ 19 ގައި އޮތީ ދޮގާއި މަކަރާއި ބުއްދި ގަބޫލުނުކުރެވޭ ވަރުގެ ވާހަކަތައް." ރައީސް ޔާމީން ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި އެމަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ މިސަރުކާރުން ޒީރޯ ޓޮލަރެންސްގެ ވާހަކަ ދެއްކި ކަމުގައިވިޔަސް، ކޮރަޕްޝަން ހުއްޓުވާކަށް ނޭނގޭކަމަށާއި ވެރިކަމަށް އައިފަހުން އޮޅުވާލުމާއި މަކަރު ހެދުމާއި ދޮގު ހެދުން ފިޔަވައި ކުރި ކަމެއް ނެތް ކަމަށެވެ.

ފޮޓޯ: ވަން

Advertisement

ކޮމެންޓް