ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެ

Share on facebook
Share on twitter
Share on telegram
Share on whatsapp

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި އުޒްބަކިސްތާން އަތުން ރާއްޖޭގެ ޤަޢުމީ ޓީމު ބަލިވެއްޖެއެވެ.

ބަންގްލަދޭޝްގައި ކުޅުނު މި މެޗުން ރާއްޖެ ބަލިވީ އުޒްބެކިސްތާން އަތުން ސީދާ ތިން ސެޓު ކާމިޔާބުކޮށްގެންނެވެ. އެއީ 25-11، 25-8 އަދި 25-11އިންނެވެ.

މެޗްގެ ފުރަތަމަ ސެޓުގެ ޓައިމް އައުޓާ ހަމައަށް ދިޔައިރު، އުޒަބްކިސްތާނުން ލީޑް ކުރަމުންދިޔައީ 10-3 އިންނެވެ. މިސެޓްގައި ރާއްޖޭގެ ޒުވާން ކުޅުންތެރިން މެޗުގެ ތެރެއަށް ވަނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. މި މެޗުގެ ދެވަނަ ސެޓުގައި އުޒްބަކިސްތާން ކޮޅުން މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. މި ސެޓުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައިނުވާއިރު، ތިންވަނަ ސެޓުގައި ރާއްޖެއިން ވަނީ އުޒްބަކިސްތާނާ ދާދި އެއްވަރުކޮށްފައެވެ. އެހެން ނަމަވެސް އުޒްބަކިސްތާން ވަނީ ކުޅުން ރަނގަޅުކޮށް ތިންވަނަ ސެޓުވެސް ކާމިޔާބުކޮށްފައެވެ.

މިވެސް ކިޔާލާ:

މި ފަހަރުގެ ސެންޓްރަލް ޒޯން އަންހެން މުބާރާތުގައި ރާއްޖެއާއެކު ވާދަކުރާނީ އުޒްބެކިސްތާނުގެ އިތުރުން ބަންގްލަދޭޝް އާއި، ނޭޕާލާއި، ސްރީ ލަންކާ އަދި ކިރްގިސްތާނެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ހުކުރު ދުވަހު ނޭޕާލާއި ދެކޮޅަށް ނުކުންނާނެއެވެ. އަދި ތިންވަނަ މެޗުގައި ހޮނިހިރު ދުވަހު ލަންކާއާ ދެކޮޅަށް ނުކުންނައިރު، ހަތަރުވަނަ މެޗުގައި އާދީއްތަ ދުވަހު ރާއްޖެ ނުކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ. އަދި މުބާރާތުގެ ފަހު މެޗުގައި ހޯމަ ދުވަހު ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.

މިމުބާރާތުގެ ފިރިހެންބައިގައި ފުރަތަމަ ވާދަކުރާނީ ބަނގުލަދޭޝާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި ލަންކާއާއި ދެކޮޅަށް ނުކުންނަ އިރު ތިންވަނަ މެޗްގައި ރާއްޖެ ނުކުންނާނީ ނޭޕާލާއި ދެކޮޅަށެވެ. އަދި ރާއްޖެއިން ކުޅޭ ފަހު މެޗުގައި ނުކުންނާނީ އުޒްބަކިސްތާނާއި ދެކޮޅަށެވެ.

 

0%0%0%

ހިޔާލު ދެއްވާ!

Your email address will not be published.