Advertisement

ޖާބިރުގެ މިނިސްޓަރ ކަމުގެ ވައުދާއެކު އެތައް ބައެއްގެ ފާޑުކިޔުން އޭނާއަށް

20 Oct 2018 | 20:25

ޖާބިރުގެ މިނިސްޓަރ ކަމުގެ ވައުދާއެކު އެތައް ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެއްޖެއެވެ.

މިކަން ފާޅުކޮށްފައިވަނީ ޖާބިރު ކޮށްފައިވާ ޓުވީޓަކުންނެވެ.

ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އިކޮނޮމިކް މިނިސްޓަރުކަމުގެ ދަށުން ޖަޒީރާ ރާއްޖޭގެ ރައްޔިތުން ރަނުން ޖަރީކޮށްލަދޭނެ ކަމާއި ޑޮލަރުގެ އަގު ދަށްކޮށް ރާއްޖޭގެ ރައްޔިތުން ޑޮލަރަށް ސަލާން ޖަހަން ނުޖެހޭ އުފާވެރި ދުވަސްތަކެއް އަންނާނެ ކަމަށާއި ރާއްޖޭގެ ރައްޔިތުން އުޅޭނީ ފަސް ތަރީގެ ފެންވަރުގައި ކަމަށް އެނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ދަނީ އެމްޑީފީ އަދި އިއްތިހާދައް ނިސްބަތް ވެވަޑައިގަންވާ ފަރާތްތަކުން ފާޑު ވިދާޅުވަމުންނެވެ.

އެގޮތުން ބައެއް ފަރާތްތަކުން ސިފަ ކުރާގޮތުގައި މިނިސްޓަރުންނަށް ތިބެންވާނީ އިލްމުވެރި ތަޖުރިބާ ލިބިފައިވާ ނަޒާހަތްތެރި ބޭފުޅުން ކަމަށާއި ޖަބީރް އަކީ މި ސިފަތައް ލިބިފައިވާ ބޭފުޅެއް ނޫންކަމުގައި ބުނެފައިވެއެވެ.


އަދި ޖާބިރަކީ ކޯލިޝަން ހިސާރުކޮށް ބަގާވާތެއް ގެންނަން މަސައްކަތް ކުރާނެ ފަރާތެއް ކަމަށްވެސް ސޯޝަލް މީޑިއާގައި ދަނީ ވާހަކަ ދެކެވެމުންނެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ވިޔަފާރިވެރިން ރަނގަޅުވާނީ ސިޔާސީ ކަންކަމުން ދުރުގައި ވިޔަފާރި ކުރަން ތިބުންކަމަށެވެ. އަދި ޖާބިރަކީ ވިޔަފާރިވެރިއަކަށް ވެފައި އޭނާގެ މަސްލަހަތު މިކަމުގައި ފުށުއަރާނެ ކަމަކީ އަޅާނުލާ ދޫކޮށްގެން ވާނެ ކަމެއްނޫން ކަމުގައި ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ޖާބިރަށް ވުރެ އޭނާގެ އަނބިކަނބަލުން ދިޔާނާ އަކީ މިނިސްޓަރު ކަމަށް ގާބިލު ފަރާތެއް ކަމަށާއި ދިޔާނާއަށް އެ ފުރުސަތު ދިނުމަށް ފަހު ޖާބިރު ވިޔަފާރި ކުރައްވައި ދަރަނި އަދާކުރެއްވުން ރަނގަޅުވާނެކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ހޮނޑައިދޫއިން ޖާބިރު ހައްޔަރު ކުރެވުނު ހާދިސާއާއި ގުޅުވައިގެންވެސް ދަނީ ވަރަށް ގިނަ ފަރާތްތަކުން ފާޑުކިޔަމުންނެވެ. އަދި ޖާބިރު ގެ މުވަޒަފުންނާމެދު އަމަލު ކޮށްފައިވާ ގޮތުގެ ސްރީން ސޮޓް ހިމެނޭ ވާހަކަތައްވެސް ވަނީ މި ޓްވީޓާއެކު ދައުރު ކުރަން ފަށާފައެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ ކެބިނެޓް އިއުލާން ކޮށްފައި ނުވާއިރު، މިހާތަނަށް އެކި މީޑިއާ ތަކުގައި ޖާބިރު ވަނީ މިނިސްޓަރ ކަމަށް ޝައުގު ކުރިކަން ހާމަކުރައްވައި، އެ ފުރުސަތު ލިބިވަޑައިގެންފީޔާ ޤަބޫލުރައްވާނެކަން ހާމަކުރައްވާފައެވެ.

އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަކީ އެތައް ބައެއްގެ އުއްމީދާއެކު ގެނައި ވެރިކަމެއް ކަމުން މިނިސްޓަރ ކަމަށް ޤާބިލް ތަޖުރިބާ ކާރު ބޭފުޅުން އައްޔަން ކުރުމަށް ދަނީ އެކި ފަރާތްތަކުން ގޮވާލަމުންނެވެ. 

Advertisement

ކޮމެންޓް