ދިވެހިރާއްޖޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ބޭރު ގައުމުތަކުގެ މީހުންނަށް ރަށްވެހިކަން ދޭން ސަރުކާރުން ގަސްދުކުރާ ކަމުގެ އަޑުތައް ގަދަވެއްޖެއެވެ.
މިގޮތުން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރ އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ދިވެހިރާއްޖޭގައި ދިރިއުޅޭތާ 30އަށްވުރެ ގިނަ އަހަރުވެ، މާމައާއި ކާފަ ކިޔާފައިވާ ބިދޭސީން އުޅޭ ކަމަށެވެ.
އާޒިމް ވަނީ އެފަދަ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ރަށްވެހިކަން ދިނުމާއި މެދު ދެކޭ ގޮތާއި މެދު އާންމުންނާއި ސުވާލު ކުރައްވާފައެވެ.
އާޒިމްގެ މި ޓްވީޓަށް ގިނަބަޔަކު ދަނީ ފާޑުކިޔައި، މިއީ ރާއްޖެއަށް އިންޑިޔާ މީހުން އިތުރުކުރުމަށް ރާވާ ކަމެއްކަމަށް ބުނެފައެވެ.
ނަމަވެސް ބައެއް ފަރާތްތަކުން ވަނީ ދިވެހިންނާއި އިނދެގެން އުޅޭ ބިދޭސީންގެ ކައިވެނީގެ ވިސާ އާ ކުރުުމުގައި ގިނަ ކަންތައްތައް ކުރަންޖެހޭތީ، އެފަދަ ފަރާތްތަކަށް ދާއިމީކޮށް އުޅެވޭނެގޮތް ހަދައިދޭން އެދިފައެވެ.