މިއަހަރުގެ ދެވަނަ ކުއާޓާގައި ދިރާގުގެ ސާފު ފައިދާ ދަށްވެއްޖެ

03 Aug 2019 | 16:08

ދިވެހިރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ޚިދުމަތްތައް ދޭ ކުންފުނިކަމުގައިވާ ދިރާގުގެ މިއަހަރުގެ ދެވަނަ ކުއާޓާގެ ސާފު ފައިދާ އޭގެ ކުރީ ކުއާޓާއާއި އަޅާބަލާއިރު ދަށްވެއެވެ.

ދިރާގުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓާއާއި އަޅާބަލާއިރު، އެކުންފުނީގެ އާމްދަނީ ވަނީ 0.3 އިންސައްތަ އިތުރުވެފައެވެ. ފައިސާގެ އަދަދުތަކުން ބަލާކަމުގައިވާނަމަ މިއީ 710.8 މިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ ކުއާޓަރުގައި ލިބުނު 708.7 މިލިއަން ރުފިޔާއަށް އަރައެވެ.

އެކުންފުނިން ބުނިގޮތުގައި އާމްދަނީ އިތުރުވެގެންދިޔަ ސަބަބަކީ ފައިބާރ ބްރޯޑްބޭންޑް އިންޓަނެޓް، އެންޓަޕްރަައިޒް އަދި އެއާއި ގުޅުންހުރި ހިދުމަތްތައް ފުޅާވެގެން ދިއުމެވެ.

ދިރާގުގެ އާމްދަނީ އިތުރުވެގެންދިޔަ ކަމުގައިވިޔަސް އެ ކުންފުނީގެ ސާފު ފައިދާ ވަނީ ދަށްވެފައެވެ.

އޭގެ ސަބަބަކީ ޓޫރިސްޓް އޮފް ސީޒަނަށް ވާތީ ރޯމިން އިން ލިބުނު މިންވަރު މަދުވުމާއި ހިންގުމުގެ ހަރަދު އިތުރުވުންކަމަށް ދިރާގުން ބުނެއެވެ.

Advertisement

ކޮމެންޓް