ޢައިނީ ޢީދު ސްމައިލްސް ގައި ހުނަރު ދައްކާލުމުގެ ފުރުޞަތު ހުޅުވާލައިފި

04 Aug 2019 | 13:58

ޖަމްޢިއްޔަތުއްސަލަފާއި އަލް ހިޖްރަ ގުޅިގެން މިއަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ބާއްވާ ’ޢައިނީޢީދުސްމައިލްސް‘ އިންވެންޓުގައި ބައިވެރިވެ ތަފާތު ހުނަރުވެރި އައިޓަމުތައް ހުށައަޅާލަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު އެޖަމިއްޔާއިން ހުޅުވާލައިފިއެވެ.

މި އިވެންޓް ވިލަރެސް ކުރައްވާ ކޮމިޓީގެ އޮފިޝަލަކު ވިދާޅުވިގޮތުގައި މިއަހަރުގެ ޙައްޖުމަހުގެ 11، 12 އަދި 13 މި ތިންދުވަހު ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ކުރިޔަށްދާ ކުޑަކުދިންގެ ހަވީރުގައި ބައިވެރިވެ، ހުނަރުވެރި އައިޓަމެއް ހުށައެޅުމުގެ ފުރުޞަތު މިވަނީ ކޮންމެ ކުޑަކުއްޖަކަށްވެސް ހުޅުވާލެވިފައިކަމަށާއި ހަމަ ޝައުޤުވެރިވާ ފަރާތްތައް ގުޅުގުޅައި ނަންނޯޓު ކުރަމުން ގެންދިޔުމަށް އެދިފައިވެއެވެ.

އުފާވެރި އާއިލީ ހަވީރެއްގެ ގޮތުގައި ކުރިއަށްދާ މި ޙަރަކާތް އޮންނާނީ މި އޮގަސްޓް މަހުގެ 11 12 އަދި 13 މި ތިންދުވަހު، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މި އިވެންޓަކީ ކޮންމެ އަަހަރެއްގެ ބޮޑުޢީދާ ދިމާކޮށް މާލެ އަދި ހުޅުމާލޭގައި ބާއްވާ މިފަދަ އެންމެ ބޮޑު ކުޑަކުދިންގެ ހަވީރެވެ. މިއަަހަރު ހަމައެކަނި ހުޅުމާލޭގައި ތިން ދުވަހަށް ކުރިޔަށްދާ މި ހަވީރުގައި ވަރަށް ތަފާތު ކުޅިވަރުތައް ހިމެނޭނެއެވެ.

”މި އިންވެންޓުގައި ބައިވެރިވެ ހުނަރު ދައްކާލަން ބޭނުންވާ ކުޑަކުދިން ނަންނޯޓުކުރުމަށް 7778695 މި ނަންބަރަށް ގުޅުއްވައި ނުވަތަ މެސެޖު ކުރެއްވުން އެދެން. ނަންނޯޓު ކުރުމުގެ އެންމެ ފަހު ތާރީޚަކީ މި އޮގަސްޓް މަހުގެ 7 ވާ ބުދަދުވަހުގެ އިރު އޮއްސުމުގެ ކުރިން“ އޮފިޝަލް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement