ނަން ބުނެވޭ ކޮންމެ ކުށެއްވެސް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ކޮށްފައި - ރައީސް ނަޝީދު

20 Oct 2018 | 20:22

ނަން ބުނެވޭ ކޮންމެ ކުށެއްވެސް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ކޮށްފައިކަމަށް މިހާރު އިނރޭސިވިލާތުގައި ހުންނެވި ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ސިޔާސީ ހިމާޔަތާ ބެހޭ ގޮތުން ލަންޑަންގެ ސައުތު އޭޝިއާ އިނިސްޓިޓިއުޓްގައި ބޭއްވި އިވެންޓްގެ ތެރެއިން، ވާހަކުފުޅު ދައްކަމުންނެވެ.

އެގޮތުން ސިޔާސީ އެކިވަރުގެ ބޭފުޅުން ހައްޔަރު ކުރިކަމުގެ ތުހުމަތާއި ސަރުކާރުގައި ކޮރަޕްޝަން އާއި މީހުން ފުރޭމް ކުރުމާއި މަނީލޯންޑްރީ ފަދަ ބޮޑެތި އަމަލުތައް އިންތިހާދަރަޖައަށް ގިނަވެފައިވާކަމަށް ވެސް ރައީސް ނަޝީދުގެ ވާހަކަ ފުޅުގައި ތުހުމަތުގެ ކުރެއްވިއެވެ.

މީގެ އިތުރުންވެސް ނަން ބުނެވޭ ކޮންމެ ކުށެއްވެސް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ކޮށްފައިކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީން ކަންތައްތައް ކުރެއްވިގޮތުން އެތައް ސިޔާސީ ބޭފުޅުންނަކަށް ރާއްޖެ ދޫކުރައްވާ އެހެންގައުމުތަކަށް އަރުވާލެވިގެން އުޅުއްވަން ޖެހުނުކަމަށާއި މިގޮތައް އާއިލާއާއި ރައްޓެހިންނާ ދުރުގައި އުޅުމަކީ އެކަކަށްވެސް ފަސޭހަ ކަމަކަށް ނުވާނެކަމުގައި ފާހަގަ ކުރެއްވިއެވެ.

ވާހަކަފުޅު ފެއްޓެވީ އެބޭފުޅާއަކީ ސިޔާސީ ރެފުޖީ އެއް ކަމަށް ތައާރަފް ވަމުންނެވެ.

ރައީސް ނަޝީދު ވަނީ ސިޔާސީ މައިދާނަށް ވަދެވުން ހިސާބުން މިހާތަނަށް ދިމާވިކަންކަން ބައްދަލުވުމުގެ ބައިވެރިންނަށް ހިއްސާ ކުރައްވާ ފައެވެ.

މިގޮތުން ސިޔާސީ އެކިއެކި ތުހުމަތުގައި ޖަލައް 14 ފަހަރަށް ވުރެ ގިނަ ފަހަރު ލެވިފައިވާނެކަމާއި ސީޔާސީ ކަންކަމުގައި ހައްޔަރުކުރުން ރައީސް ނަޝީދު ސިފަކުރެއްވީ ތެދުވެރި ރަޙްމަތްތެރިން އެނގިގެންދާ ކަމެއްކަމުގައެވެ.

މީގެއިތުރުން ރައީސް ނަޝީދު ގެ ވެރިކަމުގައި ކުރެއްވުނު ކަންކަމާ އަދި ނިމިދިޔަގޮތް ކިޔައިދެއްވިއެވެ.

2013 ގައި ބޭއްވުނު ރިޔާސީ އިންތިހާބް ވަނީ ރައީސް ނަޝީދު ބަލިވަންދެން ކެންސަލް ކުރައްވާ އަލުން ބާއްވާފައިކަމަށް ތުހުމަތު ކުރެއްވިއެވެ.

ރައީސް ޔާމިންގެ ސަރުކާރުގައި ރައީސް ނަޝީދު ހައްޔަރު ކުރެއްވުނުކަމަށާއި އަދި އިނގިރޭސިވިލާތައް އަރުވާލެވުން ސަބަބާއި އެކަން ހިނގާދިޔަގޮތްވެސް ހިއްސާކުރެއްވިއެވެެ.

ރައީސް ނަޝިދު ވިދާޅުވީ އެބޭފުޅާގެ ވަރުގަދަ ލީގަލް ޓީމްއެއް އޮތް ކަމަށާއި އަމިއްލަފުޅައް އަރުވާލައްވަން ޖެހިވަޑައިގަތުމުން އެބޭފުޅާގެ ޓީމް ދިޔައީ ރާއްޖޭގެ ރައްޔިތުންނަށް ކަންކަން ހިނގަމުންދާގޮތް ރަނގަޅަށް ކިޔައިދެއްވަމުން ކަމުގައެވެ.

އަދި ނިމިދިޔަ ރިޔާސީ އިންތިހާބް ކާމިޔާބު ކުރެއްވި ކޯލިޝަން އުފެދިގެން އައިގޮތާއި އިންތިހާބް ކާމިޔާބު ކުރެއްވުމާ ހިސާބައް ކުރެވިގެންދިޔަ މަސައްކަތްތައް ހިއްސާ ކުރެއްވިއެވެ.

Advertisement

ކޮމެންޓް