ކެންސަރު ބަލީގެ ފަރުވާ ފުޅާ ކުރަން އެސްޓީއޯއިން އެހީވަނީ

05 Aug 2019 | 06:56

ކެންސަރުގެ ބަލިތަކާ އަދި އެބަލިތަކަށް މިހާރު ލިބެން ހުރި ބޭސްފަރުވާގެ މައުލޫމާތާއި، ކުރިން ރާއްޖެއިން ލިބެންނެތް ފަރުވާތަކާއި ބޭސްތައް އަލަށް ތައާރަފު ކުރުމުގެ ގޮތުން ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން ހާއްސަ ކޮންފަރެންސެއް ބާއްވައިފިއެވެ.

އެސްޓީއޯއިން ބުނީ ކޮންފަރެންސްގައި ބައިވެރިވި ނަރުހުންނަށް ހާއްސަ ފުލް ޑޭ ޓްރެއިނިންގ ޕްރޮގްރާމެއް މާދަމާ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ކޮންފަރެންސްގެ ސަބަބުން ރާއްޖޭގައި ކެންސަރު ބަލިތަކަށް ފަރުވާ ބޭނުންވާ ފަރާތްތަކަށް ރާއްޖެއިން ބޭރަށް ނުގޮސް ފަރުވާ ހޯދުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

މި ކޮންފަރެންސްގައި އައިޖީއެމްއެޗް، އޭޑީކޭ ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލްގެ ޑަކުޓަރުންނާއި ނަރުހުންނާއި ލެބޯރެޓަރީ ޓެކްނީޝަނުން ވަނީ ބައިވެރިވެފައެވެ.

ޑރ. ރެޑީސްގެ ފަރާތުން އިސްނަގައިގެން ބާއްވާ މި ކޮންފަރެންސް އިންތިޒާމުކުރެވިފައިވަނީ އެސްޓީއޯ އާއި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި އާސަންދަ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ވިލިމާލެ ހޮސްޕިޓަލުގެ ބޮޑު އެހީތެރިކަމެއް ލިބިގެންނެވެ.

Advertisement

ކޮމެންޓް

Advertisement