Advertisement

ކޮފީ ބުއިމުންވެސް ފައިދާވޭ!

06 Aug 2019 | 09:20

ކޮފީ ބުއިމަކީ ތިބާވެސް ދެވި ހިފާފައިވާ ބުއިމަކަށް ވުމަކީ ވެދާނެ ކަމެކެެވެ. ކޮފީ ބުއިމަކީ ދިވެހިންގެ ކަށީގައިވެސް ހިފާފައިވާ އާދައެކެވެ. އެގޮތުން ކޮފީއަށް ދެވި ހިފާފައިވާ މީހުންވެސް އަހަރުމެންގެ ތެރޭގައި މަދެކޭ ނުބުނެވޭނެއެވެ.

މިލިޔުމުގައި މިހިމަނާލަނީ ކޮފީ ބުއިމުން ހަށިގަނޑަށް ލިބޭ ބައެއް ފައިދާތަކެވެ.

ކޮފީ ބުއިމުން ޑިޕްރެޝަން އިން ދުރުކޮށްދޭކަން އެނގޭހެއްޔެވެ؟ ޑިޕްރެޝަން ބަލި އެންމެ މަދުން ތަހައްމަލް ކުރާ މީހުންގެ ތެރޭގައި އާއްމުކޮށް ކޮފީ ބޯ މީހުން ހިމެނޭ ކަމަށް ދިރާސާތަކުން ދައްކައެވެ.

ކެންސަރަކީ އެބައްޔަކާމެދުގައި އެތައް ބަޔަކު ކަންބޮޑުވާ އަދި ޖެހިލުންވާ ބައްޔެކެވެ. އާއްމުކޮށް ކޮފީ ބޯނަމަ،ކެންސަރު ޖެހުމުގެ ނުރައްކާ ކުޑަކޮށްދެއެވެ. ބަރުދަން ލުއި ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެހެންނަމަވެސް ކޮފީ ބޯ މީހަކަށް މިއީ އުނދަގޫ ކަމެއް ނޫނެވެ. ކޮފީ ބުއިމުގެ ސަބަބުން ބަރުދަން ލުއިކޮށްދިނަސް އެންމެ އެދެވިގެންވާ ގޮތަކީ ކަސްރަތުކޮށްގެން ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރުމެވެ.

ކޮފީ އަކީ ސިއްހަތަށް ފައިދާތަކެއް ލިއްބައިދޭ އެއްޗަކަށް ވިޔަސް، މާގިނައިން ކޮފީ ބުއިމަކީ އެހާ އެދެވިގެންވާ ކަމެއް ނޫންކަންވެސް ހަނދާނުގައި ބަހައްޓަން ޖެހެއެވެ. އެގޮތުން މާ ގިނައިން ކޮފީ ބޭނުން ކުރުމުގެ ބަދަލުގައި ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތައް ލިއްބައިދޭނެ ކާނާ ބޭނުން ކުރުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ.

Advertisement

ކޮމެންޓް