Advertisement

ލޯބިވެރިޔާ ބެސްޓް ފްރެންޑާ ފްލާޓް ކުރަނީ؟

05 Aug 2019 | 11:25

ލޯބިވެރިންގެ މެދުގައި ތަފާތު މައްސަލަތައް ޖެހެއެވެ. އޭގެ ތެރޭގައި ވަރަށް ކުދި ކުދި މައްސަލަވެސް ހިމެނެއެވެ. އެއަށް ގިނަ މީހުން ކިޔަނީ ކޫސަނި މައްސަލައެވެ.

މި ލިޔުމުގައި މި ބަލާލަނީ އޭގެތެރެއިން އެއް މައްސަލައަށެވެ. ބައެއް މީހުންނަށް މިއީ ވަރަށް އާދައިގެ ކަމަކަށްވެސް ވެދާނެއެވެ. އަދި މިއީ "ރިލޭޝަންޝިޕް" ނިމުމަކަށް ގެންނަން ޖެހޭ ކަމަކަށްވުންވެސް އެކަށީގެންވެއެވެ. ލިޔުމުގައި މި ހިމަނާލަނީ ލޯބިވެރިޔާއާއެކު މައްސަލައެއް ޖެހިގެން ހައްލެއް ހޯދުމަށް ސުވާލު ކުރުމުން ސެޓިފައިޑް ކައުންސިލަރު ޕްރަކްރިތީ ޕޮއްޑަރު ދެއްވި ޖަވާބެވެ.

ސުވާލު: އަހަރެންގެ ލޯބިވެރިޔާއާ އަހަރެންގެ ގުޅުމަށް 9 މަސްވެއްޖެއެވެ. އަހަރުމެން ދިމާވީ މީސްމީޑިއާއިންނެވެ. ކައިވެނި ކުރަން އަދި ނުނިންމިއަސް، ދެމީހުންގެ ގުޅުމަކީ ސީރިއަސް ގުޅުމެކޭ ބުނެވިދާނެއެވެ. ދިމާވެގެން އުޅޭ މައްސަލައަކީ އަހަރެންނާ އަހަރެންގެ ލޯބިވެރިޔާއާއެކު އަހަރެންގެ ބެސްޓް ފްރެންޑް ހުރެއްޖެނަމަ، ލޯބިވެރިޔާ ބެސްޓްފްރެންޑާ ފްލާޓް ކުރަނީއެވެ. ބެސްޓްފްރެންޑްވެސް އެކަމާ ވަރަށް ގަޔާވާހެން އަހަރެންނަށް ހީވެއެވެ. އަހަރެންނަށް އެކަމާ ވަރަށް ވިސްނެއެެވެ. އެހެންނަމަވެސް އެވާހަކަ ބެސްޓްފްރެންޑް ކައިރީގައިވެސް އަދި ލޯބިވެރިޔާ ކައިރީގައިވެސް ބުނާކަށް ނުކެރެއެވެ. އެކަމަކު، އަހަރެންނަށް އެދެމީހުންނަށް ޝައްކު ކުރެވެއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

ޖަވާބު: ދެމީހުންގެ ރިލޭޝަންޝިޕް އެހާ ސީރިއަސްހެން ހީއެއް ނުވެއެވެ. ސީރިއަސް ރިލޭޝަންޝިޕެކޭ ބުނެވިދާނެއޭ ބުނުމުން އެހެން ހީވެއެވެ. އެހެންކަމުން މި މައްސަލައިގައި އެންމެ ފުރަތަމމަ ބެސްޓްފްރެންޑާ ވާހަކަ ދައްކާށެވެ. ލޯބިވެރިޔާއަށްވުރެ ބޮޑަށް ފަސޭހަވާނީ އޭނާއާ ތިވާހަކަ ދެއްކުމެވެ. އެއީ "ބެސްޓް" ފްރެންޑްވީމައެވެ. އަދި އެކަމުގައި އޭނާ ދެކޭގޮތް އޮޅުންފިލުވުމުން، ތިޔަ ކުރެވެނީ ކުށްހީއެއްނަމަ، އެކަން ހައްލުވީއެވެ.

ދެން ކުރަންވީ ކަމަކީ ލޯބިވެރިޔާ ކައިރީގައި އެވާހަކަ އެހުމެވެ. އޭނާ ބެސްޓްފްރެންޑާ ފްލާޓް ކުރުމަކީ ތިބާ ނުރުހޭ ކަމެއްނަމަ، އެވާހަކަ ބުނާށެވެ. އޭރުން ތިބާއަށް ކެއާ ކުރާ މީހެއްނަމަ، އެކަން ތަކުރާރެއް ނުކުރާނެއެވެ.

ހަނދާން ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ އަމިއްލަ ނަފްސަށާ، ބައިވެރިޔާއަށް ތެދުވެރިވުމެވެ. އެހެންކަމުން ތިބާގެ އިހުސާސްތަކާމެދު އަބަދުވެސް ތެދުވެރިވާށެވެ. ޖެހިލުން ނުވާށެވެ. 

Advertisement

ކޮމެންޓް