އަދީބް އަނެއްކާވެސް ހައްޔަރުކޮށްފި

05 Aug 2019 | 07:21

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

ޓަގު ބޯޓެއްގެ ފަޅުވެރިއެއްގެ ގޮތުގައި ވަގަށް އިންޑިއާއަށް އެތެރެވާން މަސައްކަތް ކުރަނިކޮށް އަހްމަދު އަދީބު ވަނީ އިންޑިއާއިން ހިފަހައްޓާފައެވެ. އަދި އަދީބް ވަނީ ރޭގެ ވަގުތެއްގައި ރާއްޖެ ގެނެސް ކޯޓަށް ހާޒިރުކޮށްފައެވެ.

އަދީބު ހައްޔަރުކޮށްފައިވަނީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ކަމުންނާއި އަދީބު ދަތުރުކުރި ކަނޑު ބޯޓަކީ ބޭރު ގައުމެއްގެ ކަނޑު ބޯޓަކަށް ވެފައި، ހައްޔަރުކުރީ ވެސް ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ކަމަށް ވާތީ ހައްޔަރުކުރުމަށް ނެރުނު ކޯޓު އަމުރު ނުހިނގާނެ ކަމަށް ބުނެ އަދީބު ދޫކޮށްލުމަށް ކޯޓުން ވަނީ ރޭ އަމުރު ނެރެފައެވެ.

ނަމަވެސް މިއަދު ހެނދު 6:30 ހާއިރު އަދީބް މިވަނީ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ފިލި މައްސަލާގައި ހައްޔަރުކުރެވިފައެވެ.

އަދީބް ހައްޔަރުކުރެވުނު ނަމަވެސް އަދީބްގެ ބައިނަލްއަޤުވާމީ ޤާނޫނީ ޓީމުން އަންނަނީ އޭނާއަށް ހިމާޔަތް ދިނުމަށް އެދި މަސައްކަތްކުރަމުންނެވެ. އެގޮތުން އަދީބްގެ މައްސަލަ އދ ގެ ވޯކިންގ ގުރޫޕްއަށް ހުށަހެޅުމަށް ވަނީ ނިންމާފައިކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް